logo

މަހުދީއަށް އިޓަލީގެ އެންމެ މަތީ ޝަރަފު ދިނުމާއެކު މަހުދީގެ އާއިލާ އަށް އިޓަލީން އެހީތެރިވަނީ

profile

ރިޟްވާން މޫސާ - 29 އޮކްޓޯބަރު 2026 - 05:53

ވ. އަތޮޅުގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީ ފަސް މީހުން ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް، މަރުވި ސިފައިންގެ ސާޖެންޓް ފަސްޓް ކުލާސް މުހައްމަދު މަހުދީގެ ހަނދާނަށް އިޓަލީގެ އެންމެ މަތީ ޝަރަފު ދޭން ނިންމައިފި އެވެ.

https://wamco.com.mv/

މަހުދީގެ ހަނދާނުގައި އީޓަލީ ސަރުކާރުން އަރުވާ އެންމެ މަތީ ޝަރަފު ދިނުމާއި، މަހުދީގެ އާއިލާ އަށް އެހީތެރިވުމަށް ފަންޑުރައިޒިން އެއް ބާއްވައިފައިވާ ކަމަށް އިޓަލީގެ ބައެއް ނޫސްތަކުން ވެސް ވަނީ ރިޕޯރޓް ކޮށްފަ އެވެ.

ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ އިޓަލީގެ އެމްބަސީއިން ބުނީ އިޓަލީގައި ދޭ އެންމެ މަތީ ޝަރަފު 'ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ' މަހުދީގެ ހަނދާނަށް އެ ގައުމުން ދޭން ނިންމީ އިޓަލީގެ ޑައިވަރުން ސަލާމަތްކުރުމުގެ އޮޕަރޭޝަންގައި މަހުދީ ދެއްކި އާދަޔާ ހިލާފު ހިތްވަރާއި އިންސާނިއްޔަތަށްޓަކައި ކުރި މަތިވެރި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން، ކޮލަމްބޯގައި ހުންނަ އިޓަލީ އެމްބަސީއާއި މާލޭގައި ހުންނަ އިޓަލީގެ އޮނަރަރީ ކޮންސިއުލާ އޭޖެންސީ ގުޅިގެން މަހުދީގެ އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ފަންޑެއްވެސް ވަނީ ހުޅުވާފަ އެވެ.

އަންނަ ޑިސެންބަރު 31ގެ ނިޔަލަށް މި ފަންޑަށް ފައިސާ ޖަމާކުރެވޭއިރު އެކަމަށް ހާއްސަ ބޭންކް އެކައުންޓެއް ވަނީ ހުޅުވާފަ އެވެ. އަދި އެ އެކައުންޓަށް ލިބޭ ހުރިހާ ފައިސާ ދިނުމަށް ނިންމާފައިވަނީ މަހުދީގެ ޝަރުއީ ވާރިސުންނަށްކަމަށް ކޮލަމްބޯގައި ހުންނަ އިޓަލީގެ އެމްބަސީއިން ވަނީ ހާމަކޮށްފަ އެވެ.

https://wamco.com.mv/
tel:+9607331319