
ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން
އެންމެފަހުން މުއިއްޒު އެނިކުންނެވީ ޔަހޫދީންގެ ދިފާއުގައި: އަލީ ހުސައިން

މުޙައްމަދު ފަޟްލޫން - 28 އޮކްޓޯބަރު 2026 - 05:15
ރައީސް ޑރ މުހައްމަދު މުއިއްޒު އެންމެ ފަހުން އެ ނިކުންނެވީ ޔަހޫދީންގެ ދިފާއުގައި ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ރަސްމާލޭގެ ބިމުން 500 ހެކްޓަރު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާއި ގުޅޭ މައްސަލައަށް އިޝާރާތްކުރައްވައި، އަލީ ހުސައިން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ، ރައީސް މުޢިއްޒު މިހާރު ހުންނެވީ ޒަޔަނިސްޓުންގެ ދިފާއުގައި ކަމަށެވެ.
ރައީސް މުޢިއްޒު ދިވެހި ގައުމިއްޔަތު ފުނޑުފުނޑުކޮށްލެއްވުމަށް ފަހު ވެސް، ޒަޔަނިސްޓުންނަށް ރަށްވެހިކަން ދެއްވުމަށް މަސައްކަތްޕުޅުކުރައްވަމުން ގެންދަވާ ކަމަށް އަލީ ހުސައިން ތުހުމަތު ކުރެއްވިއެވެ.
ދީނާއި ގައުމު ޑޮލަރަށް ވިއްކާލެއްވުމަށް ފަހު ރައީސް މުޢިއްޒު ޒަޔަނިސްޓުންގެ އެޖެންޓަކަށް ބަދަލުވެފައިވާ ކަމަށް ވެސް އަލީ ހުސައިން ވަނީ ވިދާޅުވެފައެވެ.
އަލީ ހުސައިން މިފަދައިން ވިދާޅުވެފައި މިވަނީ، ސަރުކާރުގެ ފަރާތުން އެހެނިހެން ދީންތަކާއި ނަސްލުތަކުގެ މީހުންނާ ދެކޮޅުވެރިވުން ހުއްޓުވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް އިސްލާޙެއް ހުށަހަޅުއްވާފައިވާ ދަނޑިވަޅެއްގައެވެ.
މި ބިލާއި މެދު ސިޔާސީ އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ބައެއް ފަރާތްތަކުން ބުނަމުންދަނީ، މި ބިލަކީ ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެނިހެން ދީންތަކަށް ފުރުސަތު ދީ، އެ ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިކުރުމަށް މަގުފަހިކޮށްދޭނެ ބިލެއް ކަމަށެވެ.
ރަސްމާލެ މަޝްރޫއު އާއި ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން ހިމެނޭއިރު މި މަޝްރޫއު ހިންގަން ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި އަންނަ މަހުގެ 6 ވަނަ ދުވަހު އެއްވުމެއް ބާއްވަން ހަމަޖެހިފައިވާކަން ރަސްމާލެ މަޝްރޫއާ ދެކޮޅަށް މަސައްކަތް ކުރާ ގައުމީ ހަރަކާތުން ވަނީ އިއުލާންކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

މީޑިއާ ކޮމިޝަންގެ ރައީސް ކަމުން ފަރުޝަތު އިސްތިއުފާ ދެއްވައިފި
38 މިނިޓު ކުރިން

މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރާއި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި
39 މިނިޓު ކުރިން

ގައުމިއްޔަތު ކިޔަވައިދޭން ފެށީ ސިޔާސީ ބޭނުމެއްގައި: އަމީން ފައިސަލް
39 މިނިޓު ކުރިން

އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް 2026 ފަށައިފި
2 ގަޑިއިރު ކުރިން


