
ޖަސްޓިސް ބިލްޑިންގ
ސިވިލް ކޯޓުގެ ގާޒީ އިސްތިއުފާ ދެއްވައިފި

މުޙައްމަދު ފަޟްލޫން - 22 އޮކްޓޯބަރު 2026 - 12:01
ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޛު ޢަބްދުﷲ އިޙްސާން، ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނި ގޮތުގައި، ގާޒީ އިޙްސާން މަގާމުން އިސްތިއުފާ ދެއްވިކަން ބަޔާންކުރައްވައި މިއަދު އެ ކޮމިޝަނަށް ވަނީ ސިޓީ ހުށަހަޅުއްވާފައެވެ. އެހެންކަމުން، މިއަދުން ފެށިގެން އޭނާ ފަނޑިޔާރުކަމުގެ މަގާމުން ވަކިވެފައިވާ ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.
ގާޒީ އިޙްސާން މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ، އޭނާއާ ގުޅޭގޮތުން ހުށަހެޅުނު ޖިންސީ ފުރައްސާރައިގެ މައްސަލައެއް ޖޭއެސްސީން ތަހުގީގް ކުރަމުން ދަނިކޮށެވެ.
ގާޒީ އިހްސާންގެ މައްސަލައާ ގުޅިގެން، ވޭތުވެދިޔަ އޮގަސްޓު މަހުގެ 19 ވަނަ ދުވަހު 60 ދުވަހުގެ މުއްދަތަކަށް އޭނާ ވަނީ ސަސްޕެންޑް ކޮށްފައެވެ.
މީގެއިތުރުން، އޭނާ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، އެ މައްސަލައިގެ ތަހުގީގަށްފަހު ފަނޑިޔާރުކަމުގެ މަގާމުން އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީން ނިންމާފައި ވަނިކޮށެވެ.
ގުޅުން ހުރި ޙަބަރުތައް

ސިޓީ ކައުންސިލްގެ 14 ބިމެއް ސަރުކާރަށް ނަގަން ނިންމި މައްސަލަ ކޯޓަށް!
8 ގަޑިއިރު ކުރިން

ހިތަދޫ ބަނދަރުން މުދާ ކްލިއަރ ކުރުމުގެ އައު އުސޫލު އާންމުކޮށްފި
10 ގަޑިއިރު ކުރިން

ގއ. އަތޮޅު ޖޮއިންޓް އެޖެންސީ ފޯރަމް 2026 ބާއްވައިފި
12 ގަޑިއިރު ކުރިން

ރާއްޖެއާއި ކުވައިތުގެ އިސްލާމީ ވަޒީރުން ރަސްމީ ބައްދަލުކުރެއްވުމެއް ބާއްވަވައިފި
12 ގަޑިއިރު ކުރިން


