logo
ގއ. އަތޮޅު ޖޮއިންޓް އެޖެންސީ ފޯރަމް 2026 ގެ ތެރެއިން،، ފޮޓޯ: ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާ

ގއ. އަތޮޅު ޖޮއިންޓް އެޖެންސީ ފޯރަމް 2026 ގެ ތެރެއިން،، ފޮޓޯ: ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާ

ގއ. އަތޮޅު ޖޮއިންޓް އެޖެންސީ ފޯރަމް 2026 ބާއްވައިފި

profile

އާމިނަތު ޝަޒްލާ - 28 އޮކްޓޯބަރު 2026 - 11:31

ގއ. އަތޮޅު ޖޮއިންޓް އެޖެންސީ ފޯރަމް 2026 ބާއްވައިފިއެވެ.

https://wamco.com.mv/

މި މަހުގެ 25 ވަނަ ދުވަހު ބޭއްވި މިފޯރަމަކީ އަވައްޓެރި ފުލުހުންގެ ފަލްސަފާގެ ތެރެއިން ރަށްރަށުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެކުލަވައިލެވިފައިވާ ޖޮއިންޓް އެޖެންސީ ގްރޫޕްތަކުގެ މެމްބަރުން ހިމެނޭހެން ކުރިއަށް ގެންދިޔަ ފޯރަމެކެވެ.

މި ފޯރަމްގެ ފުރަތަމަ ބުރު 2025 ސެޕްޓެމްބަރު 25 ވަނަ ދުވަހު ގއ. އަތޮޅުގައިވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ފޯރަމްގައި 2025 ސެޕްޓެމްބަރު މަހުން ފެށިގެން 2026 ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގއ. އަތޮޅުގައި ފުލުހުންގެ ފަރާތުން އަމަން ގާއިމުކުރުމަށް ޖޮއިންޓް އެޖެންސީތަކާއެކު ކުރެވުނު މަސައްކަތްތަކާއި ޕޮލިސިންގ ކުރެވިފައިވާ މަސައްކަތްތައް ހިއްސާކުރެވުނެވެ.

މި ގޮތުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދެވުނު އޮޕަރޭޝަންތަކުގެ މައުލޫމާތާއި މިހާރުގެ ހާލަތު ހިއްސާކޮށް ރަށްރަށުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ޖޮއިންޓް އެޖެންސީތައް ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް 2027 ވަނަ އަހަރުގެ އެކްޝަން ޕްލޭން އެކުލަވައިލުމަށް ކަނޑައަޅާފައިވާ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮަށްފައިވެއެވެ.

މީގެ އިތުރުން، ކުޑަކުދިން ކުށުގެ ވެށިން ރައްކާތެރިކުރުމަށް ކައުންސިލުތަކާއި ސުކޫލުތައް ގުޅިގެން ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިދާނެ ކަންކަން ދެނެގަނެ 2027ގެ މަސައްކަތު ޕްލޭނަށް ހިމަނާފައިވެއެވެ.

އަދި ކުރިއަށްއޮތް އަހަރު ރަށްރަށުގައި ހުރި މައްސަލަތައް މަދުކުރުމަށް ޖޮއިންޓް އެޖެންސީތައް ގުޅިގެން މަސައްކަތް ކުރަންވީ ހާއްސަ ކަންކަމަށް މަޝްވަރާކޮށް ރަށްރަށުގައި ކުރުން މުހިންމު ކަންކަންވަނީ ފާހަގަކޮށްފައެވެ.

ފޯރަމް ފައްޓަވައިދެއްވީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ތަމްހީދުއެވެ. ފޯރަމް ނިންމުމުގެ ގޮތުން، އަޕަރސައުތު ހިންގުމާ ހަވާލުވެ ހުންނެވި ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު ވާހަކަފުޅު ދެއްކެވިއެވެ. މި ފޯރަމްގައި، ގއ. އަތޮޅުގެ ހުރިހާ ރަށަކުން، ކައުންސިލް ރައީސުން، ޑަބްލިއު.ޑީ.ސީގެ ރައީސާއިން، ސުކޫލު ޕްރިންސިޕަލުން އަދި ސްޓޭޝަންތަކުގެ އިންޗާޖުން ބައިވެރިވިއެވެ.

މި ފޯރަމް މޮޑަރޭޓްކޮށް ކުރިއަށް ގެންދިޔައީ ގއ. އަތޮޅު ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝަފާޙްއެެވެ.

މި ފޯރަމް ކުރިއަށް ގެންދިއުމުގައި ގއ. ވިލިނގިލި ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ފޯރަމްގެ ބައިވެރިގެން ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރަމެވެ. މި ފޯރަމަކީ އަހަރަކު އެއްފަހަރު ބޭއްވުމަށް ތާވަލް ކުރެވިފައިވާ ފޯރަމެކެވެ.

https://wamco.com.mv/
tel:+9607331319