logo
އެގްޒިޓް ޕޯލްތަކުގެ ފުރަތަމަ ނަތީޖާ އިއުލާނުކުރުމާ ގުޅިގެން، ޔަޝާރު ޕާޓީގެ ލީޑަރު ގާޑީ އައިޒެންކޮޓް ތަލްއަވީވްގައި އޭނާއަށް ތާއީދުކުރާ ފަރާތްތަކަށް އަތްހޫރުވައި ސަލާމްކުރައްވަނީ.. ފޮޓޯ: ރޮއިޓާސް

އެގްޒިޓް ޕޯލްތަކުގެ ފުރަތަމަ ނަތީޖާ އިއުލާނުކުރުމާ ގުޅިގެން، ޔަޝާރު ޕާޓީގެ ލީޑަރު ގާޑީ އައިޒެންކޮޓް ތަލްއަވީވްގައި އޭނާއަށް ތާއީދުކުރާ ފަރާތްތަކަށް އަތްހޫރުވައި ސަލާމްކުރައްވަނީ.. ފޮޓޯ: ރޮއިޓާސް

އިޒްރޭލުގެ ވޯޓު ގުނުން ކުރިއަށްދާއިރު ހަރުކަށި ފަރާތްތަކުގެ އިންޒާރުތަކެއް!

profile

އާމިނަތު ޝަޒްލާ - 28 އޮކްޓޯބަރު 2026 - 11:26

އިޒްރޭލުގައި އަންގާރަ ދުވަހު ބޭއްވި އާންމު އިންތިޚާބުގެ ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ގައުމުގެ ހަރުކަށި ފަރ ރައިޓްގެ އިސް ސިޔާސީ ފަރާތްތަކުން މަސްލަހަތު ގެއްލޭ ފަދަ އިސްތިފްޒާޒީ ބަޔާންތަކެއް ނެރެ، ބޮޑެތި ތުހުމަތުތަކެއް ފަށައިފިއެވެ.

https://wamco.com.mv/

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފަރާތްތަކުން ވަނީ ޢަރަބި ވޯޓުލާ މީހުންނާ ގުޅުވައިގެންނާއި، އިންތިޚާބު އޮޅުވާލަން މަސައްކަތްކުރި ކަމަށް ބުނެ އަދި ޣައްޒާގައި އަލުން ޔަހޫދީ އާބާދީތައް ބިނާކުރުމުގެ ރޭވުންތަކާ ގުޅޭގޮތުން ހަމަނުޖެހުމަށް މަގުފަހިވާ ފަދަ ވާހަކަތަކެއް ދައްކާފައެވެ. މި ބަޔާންތައް އަމާޒުކޮށްފައި މިވަނީ، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަންކުރާ އިއްތިހާދަށް ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިދާނެ ކަމަށް އެގްޒިޓް ޕޯލްތަކުގެ ނަތީޖާއިން ދައްކާފައިވާ ދަނޑިވަޅެއްގައެވެ.

ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގުދުސްގައި ހުންނަ ފަރ ރައިޓް ފިކުރުގެ ރިލިޖަސް ޒަޔަނިސްޓް ޕާޓީގެ އިލެކްޝަން ހެޑްކުއާޓަރުގައި ވާހަކަދައްކަވަމުން، އިޒްރޭލުގެ ފިނޭންސް މިނިސްޓަރު ބެޒަލްއެލް ސުމޮޓްރިޗް ވަނީ އިދިކޮޅު ފަރާތްތަކުން ފާހަގަކުރަމުންދާ އުފާފާޅުކުރުންތަކަށް ދެކޮޅުހަދާފައެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް ފުޅާކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އޭނާ ދިނެވެ. ސުމޮޓްރިޗް ބުނި ގޮތުގައި ސަރުކާރުން ގެންގުޅޭ އާބާދީ އިތުރުކުރުމުގެ "އިންގިލާބީ" ސިޔާސަތު ބަދަލުކުރުމުގެ ބާރު އިދިކޮޅު ފަރާތްތަކަށް ލިބިގެންނުވެއެވެ. އަދި 2005 ވަނަ އަހަރު އިޒްރޭލުން އުވާލި ޣައްޒާގެ ޔަހޫދީ އާބާދީތައް އަލުން އެ ބިމުގައި ބިނާކުރާނެ ކަމަށް ވެސް އޭނާ އިއުލާންކުރިއެވެ.

މީގެ އިތުރުން، އަންގާރަ ދުވަހު ފޭސްބުކް މެދުވެރިކޮށް ސުމޮޓްރިޗް ވަނީ އަރަބި ދާއިރާތަކާއި ފަރ ރައިޓްގެ ފިކުރުގެ ސަރަހައްދުތަކުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވެފައިވާ ކަމަށް ބުނެ، އެއްވެސް ހެއްކެއް ނެތި އިންޒާރު ދީފައެވެ. އަދި ހަރުކަށި ފިކުރުގެ ވޯޓުލާ މީހުން ހޭލުންތެރި ނުކުރެވިއްޖެ ނަމަ، "ޓެރަރިޒަމަށް ތާއީދުކުރާ" ފަރާތްތަކަށް ސަރުކާރުގެ ތެރެއަށް ވަނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބުނެ އޭނާ ވަނީ ފިތުނަވެރި ތުހުމަތުތަކެއް ކޮށްފައެވެ.

ފަރ ރައިޓް ލިކޫޑް ޕާޓީގެ ލީޑަރު އަދި ބޮޑުވަޒީރު ނަތަންޔާހޫ ވެސް ވަނީ ވޯޓުލުމުގެ މަރުހަލާގެ ތެރޭގައި މިފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ. އެގޮތުން، އަރަބި ވޯޓުލާ މީހުން ގިނަ އަދަދަކަށް ވޯޓުލާ މަރުކަޒުތަކަށް ޖަމާވަމުންދާ ކަމަށާއި، އިދިކޮޅު ފަރާތްތަކުން އިންތިޚާބު ކާމިޔާބުކޮށްފި ނަމަ އިޒްރޭލުގެ ޔަހޫދީ ސިފަ ގެއްލިގެންދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. ހަމައެއާއެކު، އަރަބި މެޖޯރިޓީ އޮންނަ ރާއަމް ޕާޓީގެ އިސް ތިން ބޭފުޅަކު އިންތިޚާބު އޮޅުވާލަން މަސައްކަތްކުރާ ކަމަށް ވެސް ނަތަންޔާހޫ ތުހުމަތުކުރެއްވިއެވެ. ވޯޓު ގަތުމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ކަށަވަރުކޮށްދީފައިވީ ނަމަވެސް، އެއީ ރާމް ޕާޓީގެ އިސް މަގާމުތަކެއް ފުރަމުންދާ ބައެއްކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ.

މި ވާހަކަތަކަށް ބާރުދެއްވައި ލިކޫޑް ޕާޓީގެ ޓްރާންސްޕޯޓް މިނިސްޓަރު މީރީ ރެގެވް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ އިންތިޚާބާއި ގައުމު ފޭރިގަންނަން ކަމަށާއި، މިއީ "ކަނާތު ފިޔައިގެ ފިކުރު ނުވަތަ ފަލަސްތީނު އިޚްތިޔާރުކުރުން" ފަދަ ކަމެއް ކަމަށެވެ.

އަރަބި ސިޔާސީ ލީޑަރުން ވަނީ ނަތަންޔާހޫ ދެއްވި މެސެޖުތަކަކީ ނަސްލީ ތަފާތުކުރުންތަކެއް އެކުލެވޭ އަދި ފިތުނަ އުފައްދާ ފަދަ ވާހަކަތަކެއް ކަމަށް ބުނެ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އިނގިރޭސި-އެމެރިކާގެ ސިޔާސީ މާހިރު ޑޯވް ވެކްސްމަން އަލްޖަޒީރާއަށް ވިދާޅުވީ، އިންތިޚާބުގެ ނަތީޖާ ސާފުނުވާތީ ނަތަންޔާހޫގެ އަމާޒަކަށް ވާނީ އަރަބި ޕާޓީތައް ހިމެނޭ ކޯލިޝަނަކީ "ޣައިރު ގާނޫނީ" އެއްޗެއްގެ ގޮތުގައި ދެއްކުން ކަމަށެވެ.

އަލްޖަޒީރާގެ ރިޕޯޓަރު ނިދާ އިބްރާހިމް ހުޅަނގު އައްސޭރީގެ ރާމަﷲ އިން މައުލޫމާތު ދިން ގޮތުގައި، ވޯޓުގެ ގާތްގަނޑަކަށް 55 އިންސައްތަ ގުނާ ނިމުނުއިރު، ނަތަންޔާހޫގެ ކޯލިޝަނަށް ކާމިޔާބު ކުރެވޭނެ ކަމަށް ބެލެވެނީ 56 ގޮނޑިއެވެ. މިއީ 120 ގޮނޑި ހިމެނޭ ޕާލަމެންޓުގެ އަޣުލަބިއްޔަތު ހޯދުމަށް ބޭނުންވާ 61 ގޮނޑިއަށް ވުރެ މަދު އަދަދެކެވެ. ރިޕޯޓަރު އިތުރަށް ހާމަކުރި ގޮތުގައި، ރާމް ޕާޓީގެ ލީޑަރު މަންސޫރު އައްބާސްއާ ގުޅުން ގާއިމުކުރުމަށް، ނަތަންޔާހޫގެ ޕާޓީގެ އިތުރުން ކުރީގެ އަސްކަރީ ވެރިޔާ ގަޑީ އައިޒެންކޮޓްގެ ޔާޝަރު ޕާޓީ ހިމެނޭ އިދިކޮޅު ކޯލިޝަނުން ވެސް މަސައްކަތް ކޮށްފައިވާ ކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ.

https://wamco.com.mv/
tel:+9607331319