
މާލެ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް ތިލަފުއްޓަށް ބަދަލުކުރަން ފަށައިފި

މުޙައްމަދު ފަޟްލޫން - 28 އޮކްޓޯބަރު 2026 - 11:28
މާލޭ ވިޔަފާރި ބަނދަރުގެ ހިދުމަތްތަކާއި އޮޕަރޭޝަންތައް ތިލަފުށްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލުގެ ފުރަތަމަ މަރުހަލާގެ ދަށުން، ނުކަނޑާ ހުންނަ ކޮންޓެއިނަރުތައް ތިލަފުށީ ކާގޯ ޓާމިނަލް (ޓީސީޓީ) މެދުވެރިކޮށް މިއަދުން ފެށިގެން ވަނީ ދޫކުރަން ފަށާފައެވެ. އަދި އެ ޓާމިނަލްގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކޮންޓެއިނަރު ކަނޑައިގެން މުދާ ދޫކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މާލޭ ވިޔަފާރި ބަނދަރުގެ އެންމެހައި ހިދުމަތްތައް އެއްކޮށް ތިލަފުށްޓަށް ބަދަލުކޮށް ނިންމުމަށް އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށެވެ.
މި މަޝްރޫއުގެ މަސައްކަތް މި އަހަރުގެ ފެބްރުއަރީ މަހު ހަވާލުކޮށްފައިވަނީ ޗައިނާގެ ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީއެޗްއީސީ) އާއެވެ.
މި މަޝްރޫއުގެ ދަށުން 125 މީޓަރުގެ މަގަތު ފާލަމެއް ހެދުމާއި، އަތޮޅުތަކަށް މުދާ އުފުލާ އުޅަނދުފަހަރަށް ހާއްސަ ޖެޓީއެއް ގާއިމުކުރުމުގެ އިތުރުން، ކޮންޓެއިނަރު ބަހައްޓާނެ ޖާގައާއި ބަނދަރުގައި ބޭނުންކުރާ ޒަމާނީ ކްރޭންތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ހިތަދޫ ބަނދަރުން މުދާ ކްލިއަރ ކުރުމުގެ އައު އުސޫލު އާންމުކޮށްފި
9 ގަޑިއިރު ކުރިން

ގއ. އަތޮޅު ޖޮއިންޓް އެޖެންސީ ފޯރަމް 2026 ބާއްވައިފި
11 ގަޑިއިރު ކުރިން

ރާއްޖެއާއި ކުވައިތުގެ އިސްލާމީ ވަޒީރުން ރަސްމީ ބައްދަލުކުރެއްވުމެއް ބާއްވަވައިފި
11 ގަޑިއިރު ކުރިން

އިޒްރޭލުގެ ވޯޓު ގުނުން ކުރިއަށްދާއިރު ހަރުކަށި ފަރާތްތަކުގެ އިންޒާރުތަކެއް!
11 ގަޑިއިރު ކުރިން


