
ބާޒާރުގައި ލުނބޯގެ އަގުތައް ދަނީ މައްޗަށް

އައިޝަތު އިބްރާހިމް - 25 ޖޫން 2025 - 14:01
މާލޭގެ ލޯކަލް މާރުކޭޓުގައި މިހާރު ކެއްކުމާއި ކެއުންތައް ތައްޔާރުކުރުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން ލުނބޯގެ އަގުއަންނަނީ މަތިވަމުންނެވެ.
ބަރަކާތްތެރި ރަމަޟާން މަސް ނިމުނު ފަހުން ލުނބޮލުގެ އަގު ބާޒާރުގައި ހެޔޮވެ އެއްވަރެއްގައި ހިފެހެއްޓިފައި ދުވަސްގަނޑެއްވަންދެން ހުރުމަށް ފަހު މިހާރު އަނެއްކާ މިވަނީ މަތިވާން ފަށާފައެވެ. ވާއިތުވެދިޔަ ރަމަޟާން މަސް ފެށުނުއިރު ބާޒާރުގައި ލުނބޯ ކިލޯއެއް ލިބެން ހުރީ 40 ރުފިޔާއާއި 50 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. ނަމަވެސް ލުނބޯ ކިލޯއެއްގެ އަގު މިހާރު ވަނީ 100 ރުފިޔާއާއި 120 ރުފިޔާއާ ދެމެދުގެ އަގަކަށް މަތިވެފައެވެ
މާލެގެ ލޯކަލް މާރުކޭޓްގައި މީގެ ކުޑަދުވަސްކޮޅެއް ކުރިން އަނބު ނިކަން ތިޔާގިވެފައިވާ ތަން ފެނުނެވެ. ނަމަވެސް މިހާރު މަންޒަރު ބަދަލުވެ އަނބު ނެތޭ ބުނާވަރުވެއެވެ.
ރޯދަމަހުވެސް ޖުމްހޫރީ މޭވާ ކިލޯއެއްގެ އަގު ހުރީ 110 ރުފިޔާގައެވެ. މިހާރުވެސް މި އަގަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
ލޯކަލް މާރުކޭޓުގައި މިއަދުކެރެޓް ކިލޯއެއްގެ އަގު ހުރީ 30 ރުފިޔާއަށެވެ. ފަތްޕިލާވެލީގެ ބާވަތްތަކުގެ އަގުތަކަށް ބަލާލާއިރު ކުއްޅަފިލާފަތް މަދުކަން ފާހަގަކުރަން ޖެހެއެވެ. ކޮޕީފަތް ބޮނޑިއެއްގެ އަގު 10 ރުފިޔާގައި ހުރިއިރު ލެޓިއުސް ގަންނަން ލިބެން ހުރީ 40 ރުފިޔާއަށް ކިލޯއެއްކަން ފާހަގަކުރެވެއެވެ. ކަންކުން ފަތް ބޮނޑިއެއް ހުރީ 5 ރުފިޔާއަށްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
ވިޔަފާރިވެރިން ބުނި ގޮތުގައި ތަރުކާރީއާއި މޭވާ އަދި ކާބޯތަކެތީގެ އެހެން ބާވަތްތައް ލިބުމުގައި މާބޮޑު ދަތިކަމެއް މިހާރު ނެތެވެ. އެހެން ނަމަވެސް ލުނބޮލުގެ އަގު މަތިވެ ލިބުމުގައި ދަތިކަން ދިމާވާކަން ފާހަގަކުރިއެވެ.
ބާޒާރުގެ އެހެނިހެން ބާވަތްތަކުގެ އަގުތައް:
ކާށި - 25 ރުފިޔާ 12 ރުފިޔާ 15 ރުފިޔާ އަދި 8 ރުފިޔާ
ހިނކަދި ފަތް ބޮޑިއެއް - 10 ރުފިޔާ
ރާނބާފަތެއް - 5 ރުފިޔާ
ބަށި ކިލޯއެއް - 45 ރުފިޔާ
ބޯޝި - 25 ރުފިޔާ
ކިއުކަންބާ ކިލޯއެއް - 30 ރުފިޔާ
ބަރަބޯ ކިލޯއެއް - 25 ރުފިޔާ
ދޮންކެޔޮ ކިލޯއެއް - 30 ރުފިޔާ
ބަނބުކެޔޮ ކިލޯއެއް: 100 ރުފިޔާ
ކުރުނބާ: 20 ރުފިޔާ އަށް ކުޑަ 30 ރުފިޔާ އަށް ބޮޑު
ތޮރާ ކިލޯއެއް: 25 ރުފިޔާ
ފަޅޯ ކިލޯއެއް - 45 ރުފިޔާ
ލޮނުމެދު ކިލޯއެއް - 85 ރުފިޔާ
ތޮޅި މިރުސް: 100 ގްރާމް 10 ރުފިޔާ އަށް
ކަނޑޫދޫ މިރުސް: 10 ރުފިޔާ އަށް 100 ގްރާމް
ގިއްސާ: 25 ރުފިޔާ ކިލޯ
ޗިޗަންޑާ: 20 ރުފިޔާ ކިލޯ
މީގެ އިތުރުންވެސް އެކު ރަށްރަށުން ލިބެން ހުރި ރިހާކުރުގެ ބާވަތްތަކާއި ދިޔާ ހަކުރުވެސް ލޯކަލް މާރުކޭޓްގައި ލިބެންހުރިކަން ފާހަގަކުރަންޖެހެއެވެ. ދިޔާހަކުރަށް ބަލާއިރު ރާނީ ޖޫސް ހުސްކުރި ފުޅިއެއް ލިބެނީ 70 ރުފިޔާއަށް ކަންފާހަގަކުރެވެއެވެ.
ވަޅޯމަސް މާރުކޭޓުގައި ވަޅޯމަހުގެ ބާވަތްތައް މަދުކަން ފާހަގަކުރެވެއެވެ. އެހެން ނަމަވެސް އަގުތައް މާ މަތިނޫންކަންވެސް ފާހަގަކުރެވެއެވެ. އަގުތަކަށް ބަލާއިރު އާދައިގެ ހެޔޮވަރުގެ ވަޅޯ މަހެއް އުޅެނީ 20- 25 ރުފިޔާ ދެމެދުގައެވެ. ހެޔޮވަރުގެ ބޮޑު ވަޅޯ މަހެއް އުޅެނީ 60 - 75 އާއިދެމެދުއެވެ. މިއީ ކަންނެލި މަސް ކަން ވިޔަފާރިވެރިން ފާހަގަކުރެއެވެ. ބާޒާރުގައި ހިކިމަސް ލިބެންހުރީ 80 - 90 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. މިއީ އަބަދުވެސް ތަންކޮޅެއް އަގު ބޮޑުއެއްޗެއްކަން ފާހަގަކުރެވެއެވެ.
މިއަދުވެސް މާރުކޭޓުގައި މޭވާ އާއި ތަރުކާރީއާއި އާއި ކާބޯތަކެތީގެ އެހެނިހެން ބާވަތްތައް ލިބުމުގައި މާބޮޑު ދަތިކަމެއް ނެތްކަން ފާހަގަކޮށްލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން