.jpeg&w=3840&q=75)
އިސްލާމީ އުންމަތަށްޓަކައި!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 11 އޯގަސްޓު 2025 - 05:43
މިއަދުގެ ހަގީގަތެވެ. ދުނިޔޭގެ އިންސާނީ ޙަޟާރަތުގެ އެއްބައި އެވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އިސްލާމީ އުންމަތުގެ މުޤައްދަސް ބިމެއްގައި އެދަނީ ރޯމާދުވާލު ލޭއޮހޮރުވުންތައް ހިންގަމުންނެވެ. ޝާމްކަރައިގެ ބައިތުލްމަޤުދިސަކީ މުސްލިމުންގެ ހިތްތަކުގެ ނުހަނު މަތިވެރި ޤަދަރަކާއި އިޙުތިރާމެއް އެބިމަކަށް ދެވިފައިވާ މާތް ބިމެކެވެ. އެބިމުގެ މާތްކަމުގެ ވާހަކަ ކީރިތި ޤުރުއާނާއި މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުތަކުން ޘާބިތުވެއެވެ. ބައިތުލްމަޤުދިސް ނުވަތަ ޤުދުސްގައިވާ އެންމެ މާތް މުޤައްދަސް ބިނާއަކީ އަލްމަސްޖިދުލްއަޤްޞާއެވެ. އެތަނަކީ މުސްލިމުން ހިމާޔަތްކުރަން ލާޒިމު ތަނެކެވެ.
އެމާތްބިނާ ހުރި ބިމުގައި، ހަރުކަށި ޔަހޫދީ ފައުޖުތަކުން އެދަނީ ނަސްލުނައްތާލުމުގެ ޖަރީމާ ހިންގަމުންނެވެ. ފެންނަމުންދާ މަންޒަރުތަކުން ހިތަށް އަސަރެއް ނުކުރޭތޯއެވެ؟ ހިތްދަތި ނުވޭތޯއެވެ؟ އިންސާނުންނަށް ނުވީތޯއެވެ؟ އިންސާފެއް އެބަ އޮތްތޯއެވެ؟ އިހުސާސްވޭތޯއެވެ؟ އިސްލާމްކަން ކޮބާތޯއެވެ؟ މިއީ އިންސާނިއްޔަތާއި އިސްލާމީ އުންމަތަށްޓަކައި ލޮލުން ކަރުނަ އަަަޅައި ދުޢާކުރަންވީ ވަގުތު ނޫންތޯއެވެ؟ މިއީ ކެރިކުޅަދާނަވީ މިންވަރަކުން އާރާބާރުން، ޖާނާއީމާލުން، އުންމަތުގެ އެމާތް ޝަރަފަށްޓަކައި ޤުރުބާންވާންވީ ވަގުތު ނޫންތޯއެވެ؟ ނަމަވެސް ވަށައިގެން އަރަބި-އިސްލާމީ ވަރުގަދަ ގައުމުތައް އޮވެ، މިއަދު ފަލަސްތީނުގެ ހައްގުގައި ޖިހާދަށް ނުކުންނަންވެސް އެވަނީ ގައުމުތަކަށް ނުކުޅެދިފައެވެ. އދ. އޭ ކިޔުނު ޖަމިއްޔާގެ ސަލާމަތީ މަޖިލީސް އެވަނީ ވާވެފައެވެ. އދ. އަށްވެސް އިސްރާއީލު ނުހުއްޓުވެއެވެ. ދުނިޔޭގެ ބޮޑެތި އިސްލާމީ ބާރުތަކާއި ބައިނަލްއަޤްވާމީ ކޯޓުތަކާއި ޤާނޫނުތަކުންވީކަމެއް ހަރާމުން ހަރާމެވެ.
މިއަދު އިސްލާމީ އުންމަތުގެ ބަލިކަށިކަމާއި ނިކަމެތިކަން ގޮސްފައިވާ ހާލަތަކީ ހިތާމަކުރަންޖެހޭ ކަމެކެވެ. އެކަމުގެ ހަގީގަތަކީ އީމާންކަން ބަލިކަށި ވެފައިވާ މިންވަރޭވެސް ބުނެވިދާނެއެވެ. އެއްބައިވަންތަކަން ގެއްލުމެވެ. ގައުމުތަކުގެ ވެރިން ދީނާއި އުންމަތަށްވުރެ، ފައިސާއާއި މުދަލާއި ބާރާއި މަގޫބޫލުކަން ބޭނުންވުމެވެ. ދަންނަންވާނެއެވެ. މުސްލިމުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. ފަލަސްތީނަށް ދެމުންދާ ހަމަލާތަކަކީ މުޅި އިސްލާމީ އުންމަތަށް ދެމުންދާ ހަމަލާތަކެކެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ހެޔޮ ދުއާކޮށް މާތް ﷲ ގެ މަގުގައި ހޭދަކުރަންޖެހެއެވެ.
މުއުމިނުން އެއްބަޔަކު އަނެއް ބަޔަކަށް ލޯބިވުމުގަޔާއި ރަހުމްކުރުމުގަޔާއި އޯގާތެރިވުމުގައި، އެމީހުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލު ކަމަށްވާއިރު އެ ހަށިގަނޑުން ގުނަވަނެއްގައި ވޭން އަޅައިފިނަމަ، ހޭލާ ހުރުމުންނާއި ހުންއައުމުން ހަށިގަނޑުގެ އެންމެހައި ގުނަވަންތައް އެ ގުނަވަނާއި ބައިވެރިވެއެވެ. އިސްލާމްދީނަކީ އެންމެ އޯގާވަންތަ ދީނެވެ. އެދީނުގައި ވަނީ އަނިޔާއަށް ނޫނެކޭ ބުނެފައެވެ. އެދީނުގައިވަނީ މީސްތަކުންނަށް އިހްސާންތެރިވުމަށް ވަސިއްޔަތްކޮށްފައެވެ.
ކޮންމެ މުސްލިމަކީ އިސްލާމީ އުހުއްވަތްތެރިކަން ހަށިގަނޑުގައި ހިމެނޭ އެއާ ވަކިނުކުރެވޭ ފަދަ ގުނަވަނެކެވެ.
އެ ހަށިގަނޑުގައި އުފުލަން ޖެހޭ ކޮންމެ ތަކުލީފެއް ކޮންމެ ވޭނެއް ހުރިހައި ގުނަވަންތައް ހިއްސާކުރަން ޖެހެއެވެ. މިއީ މުސްލިމުންގެ މިސާލުކަމަށް ވާއިރު މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެއްބަނޑުއެއްބަފާކަމަކީވެސް މިއީއެވެ.
ކޮންމެ މީހަކުވެސް އަނެކުންނަށް އަޅާލައި އިހްސާންތެރިވުމަކީ އޭނާގެ މައްޗަށް ވާ ދީނީ ވާޖިބެކެވެ. އެފަދަ މީހަކަށް މާތްﷲ ސުބުޙާނަޙޫ ވަޠަޢާލާގެ ރުއްސެވުމާއި މަދަދު ލިބިގެންވެއެވެ. ބޭނުން ޖެހިފައިވާ މީސްތަކުންގެ ބޭނުންތައް ފުއްދައިދިނުމަކީ ކުރެވޭ ސަދަގާތެކެވެ. އެހެންކަމުން ތިމާއަށް ވީ ވަރަކުން ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން