logo

ކައުންސިލްތަކުން ކުރާ މާލީ މުޢާމަލާތްތައް އެކަށީގެންވާ ގޮތެއްގައި އޮޑިޓު ނުކުރެވޭ: ދިރާސާ

profile

ޒިދާން މުޙައްމަދު - 09 ޖުލައި 2025 - 07:17

ލޯކަލް ކައުންސިލްތަކުން ކުރާ މާލީ މުޢާމަލާތްތައް އެކަށީގެންވާ ގޮތެއްގައި އޮޑިޓު ނުކުރެވޭ ކަމަށް ދިވެހިރާއްޖޭގެ ދުސްތޫރީ ޤާނޫނީ އޮނިގަނޑާ ގުޅޭގޮތުން ކުރަމުން އަންނަ ދިރާސާއަކުން ފާހަގަވެއްޖެއެވެ.

https://wamco.com.mv/

މި ދިރާސާއަކީ ކުރީގެ ބަންޑާރަނައިބު އަދި ޤާނޫނީ ވަކީލު ޢާއިޝަތު ޢާޒިމާ ޝަކޫރާއި ކުރީގެ ބަންޑާރަނައިބު ދިޔާނާ ސަޢީދާއި ބޭރުގެ ބައެއް ޔުނިވަރސިޓީތަކާ ގުޅިގެން ކުރަމުން އަންނަ ދިރާސާއެކެވެ. މި ދިރާސާގައި ރާއްޖޭގެ ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން މަޢުލޫމާތު އެއްކޮށް، މިހާތަނަށް ގިނަ ހޯދުންތަތަކެއް ހޯދާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ދިރާސާގެ ހޯދުންތަކުގެ މަޢުލޫމާތު ދެއްވަމުން އަލްއުސްތާޛާ ޢާޒިމާ ޝަކޫރު ވިދާޅުވީ ދިރާސާއިން ފާހަގަވި ގޮތުގައި ހުރިހާ ރައްޔިތުންވެސް ޝާމިލުވާގޮތަށް ލާމަރުކަޒީ ނިޒާމު ބައްޓަންވާންޖެހޭ ކަމަށާއި މިހާރު އޮތް ގޮތުން އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުން ޝާމިލުނުކުރެވޭ ކަމަށެވެ.

އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޢުމުރުން ދުވަސްވީ މީހުންނަށް ކައުންސިލަރުންގެ ފަރާތުން ބޭނުންވާ އެހީތެރިކަން އެންމެ އެކަށީގެންވާ ގޮތުގައި ލިބެންޖެހެއެވެ.

އާޒިމާ ވިދާޅުވީ އެންމެ ބޮޑު މައްސަލައަކަށްވަނީ ސިޔާސީ ޕާޓީތަކުގެ އޮނިގަނޑުގެ ތެރެއިން ވޯޓު ނަގައިގެން ކައުންސިލަރުކަމަށް ހޮވުނީމަ، ހުރިހާ ބާވަތެއްގެ ރައްޔިތުންނަށް ޚިދުމަތްދެވޭ ކަމަކަށް ނުބެލެވުން ކަމަށެވެ.

ޢާޒިމާ ވިދާޅުވީ ދުސްތޫރީ ހިންގުމުގެ ނިޒާމަށް ބަލާއިރު، ކައުންސިލްތަކާއި ދައުލަތުން ޙާސިލުކުރަން ބޭނުންވާ އެއް ލަނޑުދަނޑިތަކެއް ކަނޑައަޅަންޖެހޭ ކަމަށެވެ. އަދި ދިގު ރާސްތާގެ ތަރައްޤީގެ ޕްލޭނެއް އޮތުން މުހިންމުކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ޢާޒިމާ ވިދާޅުވިީ މިހާރު ލާމަރުކަޒީ ނިޒާމު އޮތް ގޮތުން ކައުންސިލްތަކުން ކުރާ މާލީ މުޢާމަލާތްތައް އެކަށީގެންވާ ގޮތެއްގައި އޮޑިޓު ނުކުރެވި، ނުބެލެހެއްޓޭ ކަމަށެވެ. އެގޮތުން ހުރިހާ ކައުންސިލެއްގެ މާލީ މުޢާމަލާތްތައް އޮޑިޓު ނުކުރެވުމުގެ އިތުރުން ކައުންސިލްތަކަށް ކުންފުނި ހެދުމުގެ ބާރު ޤާނޫނުން ދީފައިވާއިރު، ކުންފުނީގެ މާލީ ހިސާބުތައްވެސް މިހާރު މޮނިޓަރނުކުރެވޭކަމަށް ޢާޒިމާ ވިދާޅުވިއެވެ.

އެހެންކަމުން މާލީ މުޢާމަލާތްތައް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay