logo

"އާޕް ޖޭސާ ކޮއީ" ޖުލައި 11 ގައި ނެޓްފްލިކްސްއަށް

profile

އައިޝަތު އިބްރާހިމް - 18 ޖޫން 2025 - 13:09

ބޮލީވުޑް ފިލްމް "އާޕް ޖޭސާ ކޮއީ" ޖުލައި މަހުގެ 11 ވަނަ ދުވަހު ނެޓްފްލިކްސްއިން ގެނެސްދޭން ނިންމައިފިއެވެ.

https://wamco.com.mv/

ޒަމާނީ ލޯބީގެ ވާހަކައަކަށް އުފައްދާފައިވާ "އާޕް ޖޭސާ ކޮއި" އަކީ ފާތިމާ ސަނާ ޝެއިހް އާއި އާރު މާދްވަން އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. މި ފިލްމުގައި މާދްވަން ކުޅެނީ ސާންސްކްރިތު ޓީޗަރެއްގެ ރޯލެވެ. އަދި ފާތިމާ ކުޅެނީ ފްރެންޗު ޓީޗަރެއްގެ ރޯލެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޓީޒާރ ވެސް ދައްކާލި މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ވެބް ކޮންޓެންޓް ގޮފި، ދަރުމެޓިކް އެންޓަޓައިމަންޓާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭން ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ 2021 ވަނަ އަހަރު ދަރްމެޓިކް އެންޓަޓެއިންމަންޓުން އުފައްދައި، ނެޓްފްލިކްސް އިން ގެނެސްދިން ރޮމޭންޓިމް ކޮމެޑީ "މީނާކްޝީ ސުންދަރޭޝްވަރް"ގެ ޑައިރެކްޓަރު ވިވެކް ސޯނީ އެވެ.

މި ފިލްމަކީ ވަރަށް ގިނަ ބެލުންތެރިންތަކެއް އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ. ލޯބީގެ ވާހަކަތަކަށް ލޯބިކުރާ މީހުން ބުނަމުންދަނީ މި ފިލްމާއި ދޭތެރޭގައި ވަރަށް އުންމީދު ކުރާ ކަމަށާާއި ފާތިމާ އާއި މާދްވަންގެ ކެމިސްޓްރީ ވަރަށް ގުޅޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.

މިއީ އެދެމީހުންގެ ފުރަތަމަ ފިލްމަށްވީ ނަމަވެސް މި ފިލްމުގެ މަސައްކަތުގައި އެވަރު ފާހަގަވެފައިނުވާކަމަށް ޓީޒަަރއަށް ފަހު ގިނަ ބެލުންތެރިން އަންނަނީ ބުނަމުންނެވެ.

ކަރަން ޖޯހަރްގެ ދަރްމެޓިކް އެންޓަޓެއިންމަންޓުން އުފައްދާ މި ފިލްމު ޕްރިމިއަރ ކުރާ ތާރީޙު ނެޓްފްލިކްސް އިން އިއުލާންކުރީ އިއްޔެއެވެ.

https://wamco.com.mv/
https://www.aslu.com.mv