
ލޭ ލިބުން ދަތިވެ، އާންމުންގެ އެހީއަށް އެދިއްޖެ

ޝަހްޒާ މުޙައްމަދު - 22 ޖެނުއަރީ 2026 - 17:27
މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އަށް ލޭ ލިބުން ދަތިވެ، އާއްމުންގެ އެހީއަށް އެދިއްޖެ އެވެ.
އެމްބީއެސް އިން ކުރި ޕޯސްޓެއްގައި ބުނީ އެ އިދާރާއަށް ލޭ ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
ލޭ ދެވެނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ.
ލޭ ދޭން ދާ މީހާއަކީ ބަރުދަނުގައި 45 ކިލޯއަށްވުރެ މަތީ މީހަކަަށް ވާން ޖެހޭއިރު، ލޭ ދޭން އައުމުގެ ކުރިން ހަ ގަޑިއިރުގެ ނިދި ހަމަކޮށް، އެއް ގަޑިއިރު ކުރިން ރަނގަޅަށް ކާންވެސް އެމްބީއެސްއިން އިރުޝާދު ދީފައިވެ އެވެ.
އެމްބީއެސް އިން މިވަގުތު ބޭނުން ވަނީ އޭ ޕޮޒިޓިވް، އޯ ޕޮޒިޓިވް، ބީޕޮޒިޓިވް، އޭބީޕޮޒިޓިވް، ބީނެގެޓިވް، އަދ އޯނެގެޓިވް ލޭ ކަމަށް އެ ޕޯސްޓްގައި ވަނީ ބުނެފަ އެވެ.
ކޮންމެ ހަފްތާއެއްގެ ވެސް އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 8:00 އިން ރޭގަނޑު 8:00 އާ ހަމައަށް ލޭ ހަދިޔާ ކުރެވޭނެ އެވެ.
ރާއްޖެއަކީ އެކިއެކި ސަބަބުތަކާއި ހުރެ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު ލޭ ބޭނުންވާ ގައުމެކެވެ. ނަމަވެސް އަމިއްލަ އަށް އިސްނަގައިގެން ލޭހަދިޔާ ކުރާ މިންވަރު ރާއްޖޭގައި ވަރަށް މަދުކަމަށް އެމްބީސީގެ ތަފާސްހިސާބުތަކުން ވެސް ދައްކައެވެ.ގަވަިއދުން ލޭހަދިޔާ ކުރުމަށް ލޭ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ރަޖިސްޓްރީވެވެން ވެސް އޮވެއެވެ.
ގުޅުން ހުރި ޙަބަރުތައް

އެންޓި-ކެމްޕެއިން ނުކުރުމަށާއި އަބުރަށް އަރައިނުގަތުމަށް އީސީއިން އިލްތިމާސްކޮށްފި
ގަޑިއިރެއް ކުރިން

ވަޒީފާގެ ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން މައިންގެ ދުޅަހެޔޮކަމަށް މަގުފަހިވާނެ: މެޑަމް ސާޖިދާ
ގަޑިއިރެއް ކުރިން

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ ޒިޔަތު
4 ގަޑިއިރު ކުރިން

ސަނީ އުމަރަށް 44 އަހަރުގެ ޖަލު ހުކުމެއް އަންނަ ދައުވާތަކެއް
4 ގަޑިއިރު ކުރިން


.gif&w=3840&q=75)