logo
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް ބައްދަލުކުރައްވާ ފޮޓޯއެއް

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް ބައްދަލުކުރައްވާ ފޮޓޯއެއް

ސުލްހައިގެ ބޯޑުގައި ބައިވެރިވުމަށް އެމެރިކާއިން އިންޑިޔާ އަށް ދައުވަތުދީފި

profile

ރިޟްވާން މޫސާ - 19 ޖެނުއަރީ 2026 - 13:05

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަންގަވައިގެން އުފައްދަވާ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް އެމެރިކާއިން އިންޑިޔާ އަށް ދައުވަތުދީފި އެވެ.

https://wamco.com.mv/

"ބޯޑް އޮފް ޕީސް" އަކީ އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް އިސްވެ އޮވެ އުފައްދާފައިވާ މައްސަލަތައް ސުލްހަ ކުރުމުގެ ބޯޑެކެވެ. އެ ބޯޑު ހިންގުމަށް ދުނިޔޭގެ 60 ގައުމަކަށް ޓްރަމްޕްގެ ފަރާތުން ދައުވަތު ފޮނުވާފައިވާއިރު މި ބޯޑަށް ފާޅުގައި އާބަސް ބުނެފައި ވަނީ ހަންގޭރިއާއިން އެކަންޏެވެ.

އެމެރިކާއިން ވަނީ ސުލްޙައިގެ ބޯޑުގެ މެންބަރުންގެ ގޮތުގައި ބައިވެރިވުމަށް ތުރުކީވިލާތާއި، މިސްރުގެ ރައީސަށް ވެސް ދައުވަތު ދީފަ އެވެ. ނަމަވެސް އެ ދެ ގައުމުންވެސް ދައުވަތު ގަބޫލުކޮށްފައިވާކަމެއް އަދި އެނގިފައެއް ނުވެ އެވެ.

މި ބޯޑުން ފަލަސްތީނުގައި ހިނގަމުންދާ ގަތުލް އާންމު ތަކާއި، ޔަމަނުގެ ހަނގުރާމަ އާއި މި ނޫނަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދަވާނެ ކަމަށް އެމެރިކާއިން ދަނީ ބުނަމުންނެވެ.

މި ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ ސީފދާ ޓްރަމް އިސްކޮށް ހުރެނގެން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މި މަޝްރޫއުގެ މައިގަނޑު އަސާސަކީ، ބައިނަލްއަޤްވާމީ ޖަމްއިއްޔާއެއްގެ ގޮތުގައި އަދި އިންތިޤާލީ ވެރިކަން ހިންގާ އިދާރާއެއްގެ ގޮތުގައި އުފައްދާ "ބޯޑް އޮފް ޕީސް" ކަމަށާއި މިއީ މިހާތަނަށް ދުނިޔޭގައި އުފެދޭނެ އެންމެ ވަރުގަދަ އަދި ނުފޫޒުގަދަ މަޖިލީހުގެ ގޮތުގައި ޓްރަމްޕް ސިފަކުރައްވާފައިވެއެވެ.

އެމެރިކާއިން ބުނަނީ މި މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ ލީޑަރުންނާ އެކު، ވަރަށް އަވަހަށް ބައްދަލުވުމެއް ބޭއްވުމަށް ގަސްދުކުރައްވާކަމަށެވެ.

އދގެ މަސައްކަތަށް ބުރޫ އަރާފާނެ ކަމަށް ބުނެ، ޣައްޒާގެ ހިންގުމާ ޙަވާލުވުމަށް އެމެރިކާއިން އެކުލަވާލައި ޞުލްޙައިގެ ބޯޑާމެދު ޤައުމުތަކުން ނުތަނަވަސްކަން ފާޅުކޮށްފަ އެވެ.

ޞުލްޙައިގެ ބޯޑުގެ މެންބަރުންގެ ގޮނޑީގެ މުއްދަތަކީ ގިނަވެގެން ތިން އަހަރެވެ. ނަމަވެސް ގިނަ ދުވަހަށް އެ ބޯޑުގެ މެންބަރެއްގެ ގޮތުގައި އޮތުމަށް ބޭނުންވާ ޤައުމުތަކުން ޗާޓަރަށް ޢަމަލުކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އެއް ބިލިޔަން އެމެރިކާ ޑޮލަރު ނަގުދު ފައިސާއިން ދަައްކަން ޖެހެއެވެ.

އެމެރިކާއިން މިހާރު ވަނީ އެ ބޯޑުގެ ޗާޓަރުގެ ދެލިކޮޕީ 60 ޤައުމަކަށް ފޮނުވައި މެންބަރުންނަށް ވުމުގެ ދައުވަތު ދެއްވައިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk