
ސްޓެލްކޯގެ ކޯލްސެންޓަރ ޙިދުމަތް 24 ގަޑީރަށް!

ރިޟްވާން މޫސާ - 09 މާރިޗު 2026 - 15:13
ސްޓެލްކޯގެ ކޯލް ސެންޓަރ ގެ ޙިދުމަތްތައް ސައުވީސް ގަޑީރަށް ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
"އަސްލު ޓީވީ" އަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯއިން ބުނީ އެ ކޯޕަރޭޝަނުން ކަސްޓަމަރުންނަށްއ ފޯރުކޮށްދެއްވަމުން އަންނަ ޒަރޫރީ ޙިދުމަތްތަކުގެ މައުލޫމާތު އެމީހަކު ބޭނުން ވަގުތަކު ސާފު ކުރެއްވޭނެ ކަމަށެވެ.
ސްޓެލްކޯއިން ދަނީ އެ ކޯޕަރޭޝަންގެ މަސައްކަތްތައް ވީހާވެސް ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތަކަށް މަސައްކަތް ކުރަމުންނެވެ.
ރަމަޟާން މަހަށް ހާއްސަ ކޮށްގެން ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަށް ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިން ނެގުމުގެ މަސައްކަތް ކުރަން ނިންމާފައިވާކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.
ރޯދަމަހުގެ ކަރަންޓު ބިލު 400 ރ. އަށް ކުޑަކޮށްދެއްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މާލޭ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގައި ވަނީ ވިދާޅުވެފައެވެ.
ސްޓެލްކޯއިން ސޯޝިއަލް މީޑިއާގަައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ރަމަޟާން މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށްވުރެ ބޮޑު ނުވާނެހެން ޑިސްކައުންޓް ދިނުމަށް ރައީސް ނިންމަވާފައިވާތީ، ރަމަޟާން މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިންގ ނެގުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށެވެ.






.gif&w=3840&q=75)