logo

ހުސްވި އަހަރު ނިމުނުއިރު ދަރަނީގެ ގޮތުގައި 154.8 ބިލިއަން ރުފިޔާ

profile

މުޙައްމަދު ފަޟްލޫން - 28 ފެބްރުއަރީ 2026 - 12:57

މިދިޔަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ ޖުމްލަ ދަރަނި 154.8 ބިލިއަން ރުފިޔާއަށް އުފުލިފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

މި އަދަދުގެ ތެރޭގައި ބަޖެޓަރީ ސެންޓްރަލް ގަވަމެންޓް (ބީ.ސީ.ޖީ) ދަރަނީގެ އިތުރުން، ދައުލަތުން ސޮވެރިން ގެރެންޓީ ދޫކޮށްފައިވާ ދަރަނިވެސް ހިމެނެއެވެ.

ތަފްސީލީ ހިސާބުތަކަށް ބަލާއިރު، ބީ.ސީ.ޖީ ދަރަނީގެ މިންވަރު 134.3 ބިލިއަން ރުފިޔާގައި ހުރިއިރު، ސޮވެރިން ގެރެންޓީ ދީފައިވާ ދަރަނީގެ ގޮތުގައި ހުރީ 20.4 ބިލިއަން ރުފިޔާއެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީ.ޑީ.ޕީ) 133 އިންސައްތައެވެ.

ދަރަނި ބެހިފައިވާ ގޮތުގެ ތަފްސީލު:

އެތެރޭގެ ދަރަނި: 91.6 ބިލިއަން ރުފިޔާ

ބޭރުގެ ދަރަނި: 63.1 ބިލިއަން ރުފިޔާ

މީގެ އިތުރުން، ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ 144.9 ބިލިއަން ރުފިޔާގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk