
ސިމޯން އިންޒާގީ
އިޓަލީގެ ގައުމީ ޓީމާއި ހަވާލުވުމުގެ ޝައުގުވެރިކަމެއް ނެތް!

ހަސަން ޝަމްއޫން - 07 އޭޕްރީލު 2026 - 11:07
ސައުދީ ޕްރޮފެޝަނަލް ލީގެ އަލް ހިލާލަށް ކޯޗު ކޮއްދެމުން އަންނަ އިޓަލީގެ ތަޖުރުބާކާރު ކޯޗް ސިމޯން އިންޒާގީއަށް އިޓަލީގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމު ހުށަހެޅި ނަމަވެސް، އެމަގާމު ގަބޫލު ނުކުރާނެކަމަށާއި ބޭނުންވަނީ އަލް ހިލާލް އާއެކު ކުރިއަށްދިއުމަށް އިންޒާގީ ބުނެފި އެވެ.
ލެޖެންޖަރީ ފޯވާޑް ފިލީޕޯ އިންޒާގީގެ ކޮއްކޮ، ސިމޯން އިންޒާގީއަކީ އިޓަލީގެ ކުލަބު ފުޓްބޯޅައިގެ ތަޖުރިބާ ބޮޑު ކޯޗެކެވެ. އެގޮތުން 2010 ވަނަ އަހަރުން ފެށިގެން ލާޒިއޯގެ ޒުވާން ޓީމުތަކަށް ކޯޗުކަން ކޮށްދިނުމަށްފަހު އެޓީމާއެކު ސީނިއާ ކޯޗިން ކެރިއަރު ފެށީ 2016 ވަނަ އަހަރު އެވެ. އަދި 2021 ވަނަ އަހަރު އިންޓަ މިލާންގެ ކޯޗުކަމާއި ހަވާލުވުމުގެ ކުރިން އިންޒާގީ ވަނީ ލާޒިއޯއާއެކު ކޮޕާ އިޓާލިއާ އާއި ދެ ސުޕަކޮޕާ އިޓާލިއާ ތަށި ހޯދައިފަ އެވެ.
މީގެ އިތުރުން އިންޓަ މިލާންގައި ހޭދަކުރި ހަތަރު އަހަރު ތެރޭގައި އިންޒަގީ ވަނީ އެޓީމާއެކު އިޓާލިއަން ސެރިއޭގެ އިތުރުން ކޮޕާ އިޓާލިއާ ދެ ފަހަރު، އަދި ޖެހިޖެހިގެން ތިން ސުޕަކޮޕާ އިޓާލިއާ ތަށި ކާމިޔާބުކުރުމުގެ އިތުރުން، 2023 އަދި 2025 ވަނަ އަހަރު ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެޓީމަށް ޖާގަ ހޯދައިދީފަ އެވެ.
މި ދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕީއެސްޖީ އަތުން 5-0 ތަފާތުބޮޑު ނަތީޖާއަކުން އިންޓަ މިލާން ބަލިވިއިރު، މިއީ މިހާތަނަށް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ފެނިގެންދިޔަ އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ. އަދި އޭގެ ފަހުން، މިދިޔަ އަހަރު ޖޫން މަހު އެމެރިކާގައި ފެށި ކްލަބް ވޯލްޑް ކަޕްގެ ކުރިން، އިންޒާގީ ވަނީ އިންޓަ މިލާން ދޫކޮށް ސައުދީ ޕްރޯ ލީގުގެ އަލް ހިލާލްއާ ހަވާލުވެފަ އެވެ.
މީގެ ކުރުން އިންޒާގީ ބުނީ އަލް ހިލާލަށް ބަދަލުވުމުން، އޭނާ އަށް ގިނަ އަދަދެއްގެ ފައިސާ ލިބޭ ކަމަށާއި އެކަމަކު، އެއީ ހުރިހާ ކަމެއް ނޫން ކަމަށެވެ.
"ގިނަ ފައިސާ ހޯދުމަކީ ހިތްހަމަޖެހޭ ކަމެއް. އެކަމަކު، ކުރިން ވެސް އަހަންނަށް ލިބުނީ ހަމަޖެހިލައިގެން އުޅެވޭ ވަރުގެ އާމްދަނީ އެއް. ވަރަށް ހިތްފަސޭހަކަމާ އެކު ސައުދީ އަރަބިއްޔާގައި މި އުޅެނީ، އިޓަލީ މަތިން މިސް އެއް ނުވޭ،" އިންޒާގީ ބުންޏެވެ.
ޖެހިޖެހިގެން ތިން ވަނަ ފީފާ ވޯލްޑް ކަޕުން އިޓަލީ އަށް ފުރުސަތު ނުލިބުމުން، އެންމެ ފަހުން އެ ޓީމަށް ކޯޗުކޮށްދިން ޖެނާރޯ ގަޓޫސޯ ވަނީ އަމިއްލަ އަށް މަގާމުން އިސްތިއުފާދީފަ އެވެ. އަދި އިޓަލީގެ ކޯޗުކަން ހަވާލުުކުރާނެ ކަމަށް ބެލެވޭ ކޯޗުންގެ ލިސްޓުގައި އިންޒާގީ ވެސް ހިމެނެ އެވެ. އެކަމަކު، އޭނާ ވަނީ އެ އޮފާ އަޔަސް ނުނަގާނެ ކަަމަށް ބުނެފަ އެވެ.
"އިޓަލީ ގައުމީ ޓީމު؟ އަބަދުވެސް ވިސްނަން ޖެހޭ ކަމެއް. އެކަމަކު، މި ވަގުތު އަހަރެން މި ހުރީ ރަނގަޅު ތަނެއްގައި، އެބައޮތް އިހުތިރާމް ކުރަން ޖެހޭ ކޮންޓްރެކްޓެއް ވެސް،" އިންޒާގީ ބުންޏެވެ.
އިންޒާގީގެ އިތުރުން، އިޓަލީ ފުޓްބޯޅަ ފެޑެރޭޝަން، އެފްއައިޖީސީން އަންނަނީ ކުރިން އިޓަލީ އަށް ކޯޗުކޮށްދިން ގިނަ ކޯޗުންނާ ވެސް ވާހަަކަަ ދައްކަމުންނެވެ. އޭގެ ތެރޭގައި، ނަޕޯލީއާ ހަވާލުވެހުރި އެންޓޯނިއޯ ކޮންޓޭ ވެސް ހިމެނެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ފަސޭހަކަމާއެކު ޕޯޓް ވޭލް ބަލިކޮށް ޗެލްސީ އިން އެފްއޭކަޕްގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި
2 ދުވަސް ކުރިން

އާސެނަލް ކަޓުވާލުމަށްފަހު ސައުތުހެމްޓަން އެފްއޭކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި
2 ދުވަސް ކުރިން

ތަފާތުބޮޑު ނަތީޖާއަކުން ސިޓީ އަތުން ބަލިވެ ލިވަޕޫލް އެފްއޭކަޕްގެ ކުއާޓާ ފައިނަލުން ކަޓައިފި
3 ދުވަސް ކުރިން

ރޮނާލްޑޯގެ މޮޅު ކުޅުމާއެކު އަލް ނަސްރުން ހަ ޕޮއިންޓަށް ލީޑު ފުޅާކޮށްފި
3 ދުވަސް ކުރިން


.gif&w=3840&q=75)