logo
ސައުތުހެމްޓަން އާއި އާސެނަލް ވާދަކުރި މެޗުގެ ތެރެއިން...

ސައުތުހެމްޓަން އާއި އާސެނަލް ވާދަކުރި މެޗުގެ ތެރެއިން...

އާސެނަލް ކަޓުވާލުމަށްފަހު ސައުތުހެމްޓަން އެފްއޭކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި

profile

ހަސަން ޝަމްއޫން - 05 އޭޕްރީލު 2026 - 09:56

އިނގިރޭސި އެފްއޭކަޕްގެ ކުއާޓާ ފައިނަލުގައި ރޭ އަމިއްލަ ދަނޑުގައި ޕްރެމިއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލް އާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުން މޮޅުވެ ސައުތުހަމްޓަން އިން މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

https://wamco.com.mv/

އެފްއޭކަޕްގެ ކުއާޓާ ފައިނަލުން ސައުތުހެމްޓަން ޖާގަ ހޯދީ މުބާރާތުގެ ރައުންޑް އޮފް 16 ގައި ފުލަމް 0-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި އާސެނަލް ކުއާޓާ ފައިނަލުން ޖާގަ ހޯދީ ރައުންޑް އޮފް 16 ގައި މެންސްފީލްޑް 3-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ހާފުގެ މޮޅަށް ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ސައުތުހެމްޓަން އިންނެެވެ. މިލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސްކޮޓްލޭންޑް ފޯވާޑް ރޮސް ސްޓެވާޑް އެެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސައުތުހެމްޓަން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އާސެނަލް އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން މެޗުގެ ނަތީޖާ އެއްވަރުކުރީ ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައެވެ. މިލަނޑު ކައި ހަވާޓްޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ވިކްޓަރ ގްޔޮކަރޭސް އެވެ.

ނަމަވެސް މެޗުގެ 85 ވަނަ މިނެޓުގައި ސައުތުހެމްޓަންގެ މިޑްފީލްޑަރު ޝެއި ޗާލްސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް އަލުން ލީޑު ހޯދައިދީފައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ސައުތުހެމްޓަން ކުރީގައި އޮވެގެންނެވެ. އަދި މިއީ 1976 ވަނަ އަހަރު އެފްއޭކަޕް ކާމިޔާބުކުރި ފަހުން ސައުތުހެމްޓަން އިން މިމުބާރާތުގެ ސެމީފައިނަލުން ޖާގަހޯދި ފުރަތަމަ ފަހަރެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk