logo
ޗެލްސީ އާއި ޕޯޓް ވޭލް ވާދަކުރި މެޗުގެ ތެރެއިން...

ޗެލްސީ އާއި ޕޯޓް ވޭލް ވާދަކުރި މެޗުގެ ތެރެއިން...

ފަސޭހަކަމާއެކު ޕޯޓް ވޭލް ބަލިކޮށް ޗެލްސީ އިން އެފްއޭކަޕްގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި

profile

ހަސަން ޝަމްއޫން - 05 އޭޕްރީލު 2026 - 10:00

އިނގިރޭސި އެފްއޭކަޕްގެ ކުއާޓާ ފައިނަލުގައި ރޭ އަމިއްލަ ދަނޑުގައި ޕޯޓް ވޭލް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 7-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ ޗެލްސީ އިން މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

https://wamco.com.mv/

އެފްއޭކަޕްގެ ކުއާޓާ ފައިނަލުން ޗެލްސީ ޖާގަ ހޯދީ މުބާރާތުގެ ރައުންޑް އޮފް 16 ގައި ރެކްސްހަމް 4-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި ޕޯޓް ވޭލް ކުއާޓާ ފައިނަލުން ޖާގަ ހޯދީ ރައުންޑް އޮފް 16 ގައި ސަންޑަލޭންޑް 0-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.

ޗެލްސީގެ ސްޓެންފޯޑް ބްރިޖުގައި ކުޅުނު މިމެޗުގައި ޗެލްސީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ޗެލްސީ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ޗެލްސީގެ ޖޮއެލް ހަޓޯ، ޖޮއާއު ޕެޑްރޯ، ޓޮއިސަން، އެސްޓެވާއޯ، އަލްހަންޑްރޯ ގަނާޗޯ، އަންދަރޭ ސަންތޯސް މިއިން ކޮންމެ ކުޅުންތެރިއަކު މިމެޗުގައި ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ލަނޑަކީ ޕޯޓް ވޯލްގެ ޑިފެންޑަރު ޖޯޑަން ލޯރެންސް ގެބްރިއަލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk