
ފަލަސްތީނުގެ އިތުރު ބައެއްގެ ހަށިގަނޑުތަކެއް ފެނިއްޖެ

މުޙައްމަދު ފަޟްލޫން - 09 ފެބްރުއަރީ 2026 - 15:02
ޣައްޒާގެ ޝިފާ މެޑިކަލް ކޮމްޕްލެކްސްގެ ގޯތިތެރެއިން ފަލަސްތީނުގެ އިތުރު 15 މީހެއްގެ ހަށިގަނޑު ސިވިލް ޑިފެންސް ޓީމުތަކުން ހޯދައިފިއެވެ.
މީގެ ތެރެއިން ހަތަރު މީހަކީ ކާކުކަން އަދި ދެނެގަނެވިފައި ނުވާ މީހުންނެވެ.
މި ހަށިތައް ހޯދުމާއެކު، އެ ސަރަހައްދުން ފެނުނު ޖުމްލަ ހަށިތަކުގެ އަދަދު މިހާރު ވަނީ 113 އަށް އަރާފައެވެ
ޣައްޒާގެ މީޑިއާ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ޝިފާ ހޮސްޕިޓަލުން ފެނިފައިވާ މި ހަށިތަކަކީ އިސްރާއީލު ސިފައިން އެތަނުގައި ހިންގި ގަތުލުއާންމުގެ ހެއްކެކެވެ. އެ ސަރަހައްދުގައި 400 އެއްހާ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ބެލެވޭއިރު، އަދިވެސް ގިނަ ބައެއްގެ ހަށިތައް ނުފެނި ހޮސްޕިޓަލުގެ ބިމުގެ އަޑީގައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާޢީލުން ދިން ހަމަލާތަކުގައި 70،000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 171،000 މީހުން ޒަޚަމްވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި 20 ނުކުތާގެ މައްޗަށް އެކުލެވޭ ރޭވުމެއްގެ ދަށުން މިހާރު ވަނީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން ފަށާފައެވެ.
މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި ހިމެނެނީ އަސީރުން ބަދަލުކުރުމާއި، ހަމާސްގެ ބައިވެރިވުމެއް ނެތް އާ ވެރިކަމުގެ ނިޒާމެއްގެ ދަށުން ޣައްޒާ އަލުން އާބާދުކުރުމެވެ.
ގުޅުން ހުރި ޙަބަރުތައް

ކެމްޕޭންގައި ރައީސްޑރ މުއިއްޒު ކުރެއްވި މަސައްކަތް ވަޒީރުންނާއި މެމްބަރުން ނުކުރޭ: ރިޔާޒް ރަޝީދު
4 ގަޑިއިރު ކުރިން

މާލިއްޔަތު ކޮމިޓީއަށް ޒަމީރު, 241 ކޮމިޓީ އަށް ހަމަދު ހަމަޖައްސައިފި
4 ގަޑިއިރު ކުރިން

ހައްޖު ކިޔު ދިގުވުމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ދިމާވާ މައްސަލައެއް: ޑރ ޝަހީމް
4 ގަޑިއިރު ކުރިން
ވީޢައިއޭގެ ޓްރެފިކަށް ވަގުތީ ބަދަލުތަކެއް ގެނެސްފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)