
މާލިއްޔަތު ކޮމިޓީއަށް ޒަމީރު, 241 ކޮމިޓީ އަށް ހަމަދު ހަމަޖައްސައިފި

މުޙައްމަދު ފަޟްލޫން - 22 އޭޕްރީލު 2026 - 10:39
ރައްޔިތުންގެ މަޖިލީހުގެ ބައެއް ކޮމިޓީތަކަށް މިއަދު ބަދަލު ގެނެސްފިއެވެ.
ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ 241 ކޮމިޓީ ގައި ކުރިން ހިމެނިވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ގެ ބަދަލުގައި އެ ކޮމިޓީއަށް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ހަމަދު އަބްދުالله ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން މާލިއްޔަތު ކޮމިޓީއިން.ވަނީ ނާޒިމްގެ ބަދަލުގައި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހްމަދު ޒަމީރު ހަމަޖައްސާފައެވެ.
މަޖިލީހުގެ ރިޔާސަތުން ވަނީ މިއަދުގެ ޖަލްސާގައި ކޮމިޓީތަކަށް ގެނެވުނު ބަދަލު އިއުލާން ކުރައްވާފައެވެ.
މަޖިލީހުގެ ކޮމިޓީތަކުގެ ތެރޭގައި ހިމެނޭ އެންވައިރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި ކުރިން އިންނެވި ފުނަދޫ ދާއިރާގެ މެމްބަރު ހުސައިން މަމްދޫހްގެ ބަދަލުގައި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ވަނީ އެ ކޮމިޓީއަށް ހަމަޖައްސާފައެވެ.
މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީއަކީ މަޖިލިހުގައި ހިމެނޭ 10 އަށް ވުރެ ގިނަ ކޮމިޓީތަކުގެ ތެރެއިން އެންމެ ބާރުގަދަ ދެ ކޮމިޓީއެވެ.
މީގެތެރެއިން 241 ކޮމިޓީއަކީ މަޖިލީހަށާއި ސަރުކާރަަށް ލަފާދިނުމާއި އެންގުންތައް އެންގުމުގެ ބާރު އޮންނަ ކޮމިޓީއެވެ.
ނާޒިމް އަކީ މީގެ ކުރިން 241 ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.
ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި 241 ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އިން ނާޒިމް ވަކިކޮށްދިނުމަށް އެދިވަޑައިގެންފައިވަނީ އެކަށީގެންވާ ވަގުތު ނުދެއްވޭތީ ކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ކެމްޕޭންގައި ރައީސްޑރ މުއިއްޒު ކުރެއްވި މަސައްކަތް ވަޒީރުންނާއި މެމްބަރުން ނުކުރޭ: ރިޔާޒް ރަޝީދު
2 ގަޑިއިރު ކުރިން

ހައްޖު ކިޔު ދިގުވުމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ދިމާވާ މައްސަލައެއް: ޑރ ޝަހީމް
3 ގަޑިއިރު ކުރިން
ވީޢައިއޭގެ ޓްރެފިކަށް ވަގުތީ ބަދަލުތަކެއް ގެނެސްފި
3 ގަޑިއިރު ކުރިން

ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު، ރާފިއުގެ އެޑްވައިޒަރަކަށް މާއްޓޭ އައްޔަންކޮށްފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)