logo

ހައްޖު ކިޔު ދިގުވުމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ދިމާވާ މައްސަލައެއް: ޑރ ޝަހީމް

profile

މުޙައްމަދު ފަޟްލޫން - 22 އޭޕްރީލު 2026 - 10:15

ހައްޖު ކިޔު ދިގުވުމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ދިމާވާ މައްސަލައެއް ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މިއަދު މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވައި ވަޒީރު ވިދާޅުވީ ހައްޖު ކިއު ދިގުވުމަކީ ހަމައެކަނި ދިވެހި ރާއްޖޭގައި އެކަނި ކުރިމަތިވާ މައްސަލައެއް ނޫން ކަމަށެވެ.

ރާއްޖޭގައި އާންމުކޮށް ހައްޖަށްދާން އެދެނީ އަހަރަކު 1000 ވަރަކަށް މީހުން ކަމަށާއި މިހާރު ކިއު ދިގު ކަމަށް ފެންނަނީ ވަރަށް ގިނަ ސަބަބުތަކާ ހުރެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިފަހަކަށް އައިސް ހައްޖު ކިޔު ދިގުވެފައިވަނީ ކޮވިޑް 19 އާއި އެފަދަ އެހެނިހެން ސަބަބުތަކާ ހެދިގެން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކޮވިޑް-19ގެ ދުވަސްވަރު ގާތްގަނޑަކަށް 2700-3000 މީހުންނަށް ހައްޖަށް ދެވިފައި ނުވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެއީ 3 އަހަރު ދުވަސް ވަންދެން ހައްޖަށް ނުދެވިފައިތިބި މީހުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ތިން ވަނަ އަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ދިންއިރު ދިނީ އެންމެ 400 މީހުންނަށް ނުވަތަ 300 މީހުންނަށް އަޅުގަނޑު ހަނދާންވާ ގޮތުގައި.

ކޮވިޑުގެ ކާރިސާއާ ގުޅިގެން ގާތްގަނޑަކަށް 2700-3000 މީހުންނަށް ހައްޖަށް ނުދެވި ދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަން އެހެން ދިމާވުމުގެ ސަބަބުންވެސް ހައްޖު ކިޔު ދިގުވެގެންގޮސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހައްޖަށް ދިއުމަށް ކޮވިޑުގެ ކުރިން ރަޖިސްޓްރީވެފައި ތިބި އުމުރުން ދުވަސްވީ މީހުން ތިބި ކަމަށާއި އެމީހުންނަށް އަވަސް ފުރުސަތު ދިނުމަަށްޓަކައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާތަކާއި އެއްކޮށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަރަށް ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ސަރުކާރުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖުގެ އަޅުމަން އަދާކުރަން އެދޭ ފަރާތްތަކަށް ހައްޖު އަދާ ކުރަން ފުރިހަމަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފައެވެ.


https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk