ވީޢައިއޭގެ ޓްރެފިކަށް ވަގުތީ ބަދަލުތަކެއް ގެނެސްފި

މުޙައްމަދު ފަޟްލޫން - 22 އޭޕްރީލު 2026 - 10:14
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓްރެފިކަށް ވަގުތީ ބަދަލުތަކެއް ގެނެސްފިއެވެ.
ވީއައިއޭގައި ޓާމިނަލް ދޭއްގެ ކަފިހިހުރަހުގެ ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް މާދަމާއިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދަންވަރު 00:00 އިން ފަތިހު 5:00 އާ ހަމައަށް އެ ސަރަހައްދު ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީޢެލް އިން ވަނީ ބުނެފައެވެ. އަދި އެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ޓްރެފިކް ފްލޯއަށް ބަދަލުތައް ގެނައުމަށް ނިންމާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
އެގޮތުން ޓެކްސީ ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން އަންނަ ޓެކްސީތައް މަޑުކުރާނީ ޓާމިނަކް އެކެއްގެ ޑިޕާޗަރ ގޭޓް އެކެއް އަދި ގޭޓް ދޭކަށް ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ. އަދި އެ ވަގުތުތަކުގައި ޓާމިނަލް ދޭއްގެ ޓެކްސީ ސްޓޮޕް ބަންދުވާނެއެވެ.
އަދި އެމްޓީސީސީ ބަސްތައް ފަސިންޖަރުން ބޭލުމާއި ނެގުމަށް މަޑުކުރާނީ ހަމައެކަނި އެއާޕޯޓްގެ ހުޅަނގު ފަރާތުން ސައިކަލް ޕާކިން ބަސް ހުއްޓިއަށް ކަމަށްވެސް އެމްްއޭސީއެލް އިން ވަނި ބުނެފައެވެ.
އެމްއޭސީއެލް އިންޓާނަލް ބަސް ރޫޓް އެކެއްގެ ދަތުރުތައް ނިންމާލާނީ ޓާމިނަލް އެކެއްގެ ޑިޕާޗަރ ގޭޓަށް ކަމަށް ވެސް އެމްއޭސީޢެލް އިން ބުނެއެވެ.
އަދި ވޯޓަރ ސަޕްލައިއަށް ދަތުރުކުރާ ބަސްތައް ފަށާނީ ޓާމިނަލް 2 ގެ ކުރިމަތީ ބުރު ކައިރިން ކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
އެ ބަދަލާއެކު އެއާޕޯޓްގެ އެއްވެސް ބަސް ޝެޑިއުލްއަކަށް ބަދަލެއް ނާންނާނެ ކަމަށާއި ބަސް ރޫޓް ބަދަލުވާނީ ހަމައެކަނި ދަންވަރު 00:00 އިން ފަތިހު 5:00 އަށް ކަމަށް އެމްއޭސީއެލްއިން އިން މައުލޫމާތުދެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލެ ދިނުމާ ދެކޮޅަށް ބާއްވާ ބޮޑު ރެލީގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ
38 މިނިޓު ކުރިން
.jpg&w=3840&q=75)
ޓީއެމްއޭގެ ސީޕްލޭނެއް އަޑިއަށް ދަނީ!
2 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ރިއަލް އެސްޓޭޓް ބިލަކީ ޤައުމު ބޭރުގެ މަހުޖަނުންނަށް ހިބަކޮށްދޭން ހަދާފައިވާ ޚިޔާނާތެއް: ޒަމްޒަމް ފާރިޝް
4 ގަޑިއިރު ކުރިން

ރަސްމާލެ ފަރަށް އެރި ދޯންޏެއްގައި ތިބި ފަޅުވެރިންނަށް އެމްއެންޑީއެފުން އެހީތެރިވެއްޖެ
4 ގަޑިއިރު ކުރިން


