logo
އަޑިއަށްދިޔަ ސީޕްލޭން---

އަޑިއަށްދިޔަ ސީޕްލޭން---

ޓީއެމްއޭގެ ސީޕްލޭނެއް އަޑިއަށް ދަނީ!

profile

ޖިނާން ޙުސައިން ޖަބީން - 11 ނޮވެމްބަރު 2026 - 11:02

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހުންނަ ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) ޖެޓީ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ސީޕްލޭނެއްގެ ކަނދެއް ހަލާކުވެ، އަޑިއަށްދާން ފަށައިފިއެވެ.

https://wamco.com.mv/

މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. މީސްމީޑިއާގައި އާންމުވެފައިވާ ފޮޓޯއާއި ވީޑީއޯތަކުން ފެންނަ ގޮތުގައި ފަސިންޖަރުން ގޮވައިގެން ފުރަން ތައްޔާރުވަމުން ދަނިކޮށް، އެ ސީޕްލޭނުގެ އެއްފަރާތު ކަނދަށް ލިބުނު ގެއްލުމަކާ ގުޅިގެން ބޯޓު ވަނީ އެއްފަރާތަކަށް އަރިއަޅާލައި، އަޑިއަށް ދާން ފަށައިފައެވެ.

މި ހާދިސާ ހިނގި ވަގުތު ބޯޓުގައި ފަސިންޖަރުން ތިބި ނަމަވެސް، އެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމެއް މިހާތަނަށް އަދި ސާފުވާ ގޮތެއް ނުވެއެވެ. ބޯޓުގައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވަގުތުން ކުރަމުންދާ މަންޒަރު އެ ވީޑީއޯތަކުން ފެނެއެވެ.

މިކަމާ ގުޅިގެން ރަސްމީ އެއްވެސް އިދާރާއެއްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުން، ފުލުހުންނާއި އެމްއެންޑީއެފްގެ ކޮމެންޓެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

https://wamco.com.mv/
tel:+9607331319