
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
ވީއައިއޭގެ މަގު މަރާމާތު ކުރާތީ ބަސް ރޫޓުތަކަށް ބަދަލުތަކެއް ގެނެސްފި

މުޙައްމަދު ފަޟްލޫން - 07 މޭ 2026 - 05:55
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވީއައިއޭ ގެ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާތީ، އެމްޓީސީސީން ފޯރުކޮށްދޭ ބަހުގެ ހިދުމަތުގެ ރޫޓުތަކަށް ވަގުތީ ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ފަތިހު 05:00 އިން ރޭގަނޑު 23:30 އަށް ވީއައިއޭގެ ޓާމިނަލް 2 ސަރަހައްދުގެ މަގު ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެހެންކަމުން، މި މުއްދަތުގެ ތެރޭގައި އާރްޓީއެލް އެއާޕޯޓް ބަސްތަކަށް ފަސިންޖަރުން އަރުވާ ބާލާނީ، އާންމުކޮށް ބަސް ހުއްޓާ ސަރަހައްދުގެ ބަދަލުގައި ހުޅަނގު ފަރާތު ޕާކިން ސަރަހައްދުންނެވެ.
މި ބަދަލާ ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުއްވުމަށް ލިބޭނެ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލެ ދިނުމާ ދެކޮޅަށް ބާއްވާ ބޮޑު ރެލީގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ
38 މިނިޓު ކުރިން
.jpg&w=3840&q=75)
ޓީއެމްއޭގެ ސީޕްލޭނެއް އަޑިއަށް ދަނީ!
2 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ރިއަލް އެސްޓޭޓް ބިލަކީ ޤައުމު ބޭރުގެ މަހުޖަނުންނަށް ހިބަކޮށްދޭން ހަދާފައިވާ ޚިޔާނާތެއް: ޒަމްޒަމް ފާރިޝް
4 ގަޑިއިރު ކުރިން

ރަސްމާލެ ފަރަށް އެރި ދޯންޏެއްގައި ތިބި ފަޅުވެރިންނަށް އެމްއެންޑީއެފުން އެހީތެރިވެއްޖެ
4 ގަޑިއިރު ކުރިން


