logo
ރަސްމާލެ ފަރަށް އެރި ދޯންނީގައި ތިބި ފަޅުވެރިން، ފޮޓޯ: އެމްއެންޑީއެފް

ރަސްމާލެ ފަރަށް އެރި ދޯންނީގައި ތިބި ފަޅުވެރިން، ފޮޓޯ: އެމްއެންޑީއެފް

ރަސްމާލެ ފަރަށް އެރި ދޯންޏެއްގައި ތިބި ފަޅުވެރިންނަށް އެމްއެންޑީއެފުން އެހީތެރިވެއްޖެ

profile

އާމިނަތު ޝަޒްލާ - 11 ނޮވެމްބަރު 2026 - 09:26

ވ. ފޮއްތެޔޮއިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދަނިކޮށް، ރަސްމާލޭގެ އިރުމަތި ފަރާތު ފަރަށް އެރި "ކީސާ" ދޯނީގައި ތިބި ފަޅުވެރިންނަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

https://wamco.com.mv/

އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ ނޮވެންބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ 23:51 ހާއިރުއެވެ. މަޢުލޫމާތު ލިބުމާ ގުޅިގެން، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށްފައެވެ.

އެގޮތުން، ރޭ ދަންވަރު 02:37 ހާއިރު ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ދޯނި އޮތް ސަރަހައްދަށް ގޮސް، އޭގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައެވެ. އަދި ދޯނީގައި ތިބި ދިވެއްސަކާއި ތިން ބިދޭސީން ވަނީ ކޯސްޓްގާޑުގެ ހާބަރކްރާފްޓަށް ނަގައި ރައްކާތެރިކަން ކަށަވަރުކޮށްދީފައެވެ. އޭގެ ފަހުން، އެ ދޯނީގެ ވެރިފަރާތުން ފޮނުވި "އޯސަން ރައިޑް" ނަމަކަށް ކިޔާ ދޯންޏެއް ފަތިހު 03:37 ހާއިރު އެ ސަރަހައްދަށް އައުމުން، ސަލާމަތްކުރެވުނު ފަޅުވެރިން ވަނީ އެ ދޯންޏަށް ބަދަލުކޮށްފައެވެ.

މި ހާދިސާގައި ދޯނީގައި ހުރި ބިދޭސީ ފަޅުވެރިއެއްގެ ވައަތު ފަޔަށް އަނިޔާވެފައިވާތީ، އޭނާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.

https://wamco.com.mv/
tel:+9607331319