
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
މިއީ ގާނޫނު އަސާސީން ކަށަވަރުކުރި ހައްގުތައް ރައްޔިތުން ދިފާޢުކުރަންވީ ވަގުތު: ފައިސަލް ނަސީމް

މުޙައްމަދު ފަޟްލޫން - 11 ނޮވެމްބަރު 2026 - 09:24
މިއީ ގާނޫނު އަސާސީން ކަށަވަރުކުރި ހައްގުތައް ރައްޔިތުން ދިފާއުކުރަންވީ ވަގުތު ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ ރައްޔިތުން ބާރުވެރި ކުރުވަން ފަރުމާކޮށްފައި އޮތް ގާނޫނު އަސާސީއެއް ލިބިދީފައި އޮވެމެ، ރައްޔިތުންގެ ހައްގުތައް ހަނިކޮށް ނައްތާލުމުގެ މަސައްކަތް ކުރަމުންދާކަން ރައްޔިތުންނަށް މިއަދު އިހުސާސްކުރެވެމުންދާ ކަމަށެވެ. އަދި އެކަމަކީ ހިތާމައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އެ ބާރުތައް ދެމި އޮންނަން ޖެހޭނީ ރައްޔިތުންގެ އަތުގައި ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި އެކަމަކީ ގާނޫނު އަސާސީގައި ސާފުބަހުން ލިޔެފައިވާ ކަމެއްކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ހަނިކޮށް މިނިވަންކަމުގެ ފިޔަކޮށައި އަޅުވެތި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިވަގުތަކީ ގާނޫނު އަސާސީ އިން ކަށަވަރުކުރި ހައްގުތައް ރައްޔިތުން ދިފާއު ކުރަންވީ ވަގުތުކަމަށް ފައިސަލްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ ބާރުތަކާ މިނިވަންކަން ލިބިދިން ގާނޫނުތައް ބަދަލުކޮށް ރައްޔިތުން ގާނޫނާ ހިލާފުނުވުމަށް ބުނުމަކީ ހައްގުތަކަށް ގޮންޖެހުން ކަމަށް ފައިސަލް ވިދާޅުވިއެވެ.
ޝަރުއީ ނިޒާމަކީވެސް ރައްޔިތުންގެ މަޖިލީހަކީވެސް އަދި ވެރިކަން ހިންގުމުގެ ބާރަކީ ވެސް ވެރިކަން ކުރަން ހުންނަ މީހެއްގެ މިލްކެއް ނޫން ކަމަށާއި އެއީ ވެރިކަމުގައި ހުންނަ މީހަކު އެބާރުތައް ނަގަހައްތައި ދަަމަހައްޓަންޖެހޭ އަމާނާތެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.
ގާނޫނޫ އަސާސީގެ ކޯޓުން ބޭރުނުވެ މިގައުމުގައި ހުކޫމާތް ހިންގަން ފައިސަލް ވަނީ ގޮވާލައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލެ ދިނުމާ ދެކޮޅަށް ބާއްވާ ބޮޑު ރެލީގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ
31 މިނިޓު ކުރިން
.jpg&w=3840&q=75)
ރިއަލް އެސްޓޭޓް ބިލަކީ ޤައުމު ބޭރުގެ މަހުޖަނުންނަށް ހިބަކޮށްދޭން ހަދާފައިވާ ޚިޔާނާތެއް: ޒަމްޒަމް ފާރިޝް
4 ގަޑިއިރު ކުރިން

ރަސްމާލެ ފަރަށް އެރި ދޯންޏެއްގައި ތިބި ފަޅުވެރިންނަށް އެމްއެންޑީއެފުން އެހީތެރިވެއްޖެ
4 ގަޑިއިރު ކުރިން

ޖުމްހޫރީ ދުވަހުގެ ޕެރޭޑާ ގުޅިގެން ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް މިއަދު ބަދަލުތަކެއް ގެންނަނީ
4 ގަޑިއިރު ކުރިން


