
ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު، ރާފިއުގެ އެޑްވައިޒަރަކަށް މާއްޓޭ އައްޔަންކޮށްފި

މުޙައްމަދު ފަޟްލޫން - 22 އޭޕްރީލު 2026 - 10:13
ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު، އަބްދުالله ރާފިއު ގެ އެޑްވައިޒަރަކަށް ފުޓްބޯޅަ ކޯޗު އަދި ކުޅިވަރު އެޑްމިނިސްޓްރޭޓަރު، މައުރޫފު އަހުމަދު (މާއްޓޭ) ހަމަޖަްސައިފިއެވެ.
ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު މާއްޓޭ މަސައްކަތް ކުރުމަށް ހަަމަޖެހިފައިވަނީ، ރާއްޖޭގެ ކުޅިވަރު ލާމަރުކަޒީ ކުރުމުގެ ކަންކަމުގައި މިނިސްޓަރަށް ލަފާ އެރުވުމުގެ ގޮތުންނެވެ.
އިންޓަނޭޝަނަލް ސްޕޯޓްސް މެނޭޖުމެންޓުގެ ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ މައުރޫފު ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް( އެފްއޭއެމް) ގައި ވެސް މީގެ ކުރިން މަސައްކަތް ކުރައްވައިފަ އެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައިވާއިރު، 2024 ވަނަ އަހަރުގެ އޯގަސްޓް މަހުން މިދިޔަ އަހަރުގެ ޖުލައި މަހަށް އެފްއޭއެމް ހިންގުމަށް ނޯމަލައިޒިން ކޮމިޓީން އެކުލަވާލި ޓެކްނިކަލް ކޮމިޓީގައިވެސް މާއްޓޭ ހިމެނުނެވެ.
މީގެ އިތުރުން، އެފްއޭއެމް އިން މިދިޔަ އަހަރު އެކުލަވާލި އެވޯޑްސް ކޮމިޓީގެ ޗެއާޕާސަން އަކީ ވެސް މައުރޫފް އެވެ.
ނިމިމިދިޔަ ސަރުކާރުގައި އޭނާ ވަނީ ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ކެމްޕޭންގައި ރައީސްޑރ މުއިއްޒު ކުރެއްވި މަސައްކަތް ވަޒީރުންނާއި މެމްބަރުން ނުކުރޭ: ރިޔާޒް ރަޝީދު
2 ގަޑިއިރު ކުރިން

މާލިއްޔަތު ކޮމިޓީއަށް ޒަމީރު, 241 ކޮމިޓީ އަށް ހަމަދު ހަމަޖައްސައިފި
2 ގަޑިއިރު ކުރިން

ހައްޖު ކިޔު ދިގުވުމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ދިމާވާ މައްސަލައެއް: ޑރ ޝަހީމް
3 ގަޑިއިރު ކުރިން
ވީޢައިއޭގެ ޓްރެފިކަށް ވަގުތީ ބަދަލުތަކެއް ގެނެސްފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)