logo

ދިއްދޫގައި ގާއިމްކުރި ފުޓްސަލް ދަނޑު ހުޅުވައިފި

profile

އާމިނަތު ޝަޒްލާ - 11 ޖުލައި 2026 - 07:11

ހއ. ދިއްދޫގައި ގާއިމްކުރި ފުޓްސަލް ދަނޑު ހުޅުވައިފިއެވެ. މިދަނޑު ހުޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

https://wamco.com.mv/

ރަސްމިއްޔާތުގައި ދަނގެތީ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޢަބްދުﷲ ރަޝީދާއި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު މުބީން، އެރަށު ކައުންސިލްގެ ރައީސް އަނީސް މުހައްމަދު، އަދި ކައުންސިލްގެ މެމްބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢައަށް 1.74 މިލިޔަން ރުފިޔާ ޚަރަދުވެފައިވާއިރު، މި މަޝްރޫޢަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ކޮށްފައިވާ މަސައްކަތުގެ ތެރޭގައި ހިމެނެނީ ބިންގަނޑު އެއްވަރުކުރުން، ލައިޓް ޕޯސްޓް ހަރުކުރުން، ގޯލް ޕޯސްޓް ހެދުން، ބެންޗް ހެދުން، ދަވާދުލުމުގެ މަސައްކަތުގެ އިތުރުން ޓާރފް އެޅުމުގެ މަސައްކަތެވެ.

ދިއްދޫގައި އަލަށް ގާއިމުކުރެވިގެން މިދިޔަ ފުޓްސަލް ދަނޑަކީ ރަށުގެ ކުޅިވަރަށް ލޯބިކުރާ އެންމެހާ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ މުހިންމު މަސައްކަތެކެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުޅިވަރާއި ގުޅުންހުރި ވަސީލަތްތައް ގާއިމްކޮށްދެވުމަށް ސަރުކާރުން އަންނަނީ ހަލުވިދުވެލީގައި ގިނަ މަސައްކަތްތަކެއްކޮށްދެއްވަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk