
އީކޮމާސް ވިޔަފާރިތަކަށް ސަބްސްކްރިޕްޝަން ލިމިޓެއް ނުކުރޭ: ބީއެމްއެލް

ރިޟްވާން މޫސާ - 05 ޖޫން 2026 - 13:32
ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ރުފިޔާ ކާޑުން ރާއްޖޭން ބޭރުގެ އީކޮމާސް ވެބްސައިޓްތަކަށް ފައިސާ ދެއްކޭ އަދަދު ލިމިޓްކޮށްފައި ވިޔަސް، އޭގެ ތެރޭގައި އާންމުކޮށް ބޭނުންކުރާ ހިދުމަތްތަކުގެ ސަބްސްކްރިޕްޝަން ޕޭމަންޓުތައް ހިމަނާފައި ނުވާނެ ކަމަށް އެ ބޭންކުން ވިދާޅުވެއްޖެއެވެ.
ބީއެމްއެލްއިން ވަނީ ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން ކޮންމެ މީހަކަށް މަހަކު ކުރެވޭ މުއާމަލާތްތަކުގެ އަދަދު 30 އަށް ލިމިޓްކުރުމާއެކު، މުޅި ރާއްޖެއަށް ދުވަހު ލިމިޓެއް ކަނޑައަޅައިފައެވެ.
ބެންކް އޮފް މޯލްޑިވްސް އިން ވިދާޅުވީ، މިފަދަ މައްސަލަތައް ބަލަމުންދާ ކަމަށާއި، ސަބްސްކްރިޕްޝަން ޕޭމަންޓެއް ޑިކްލައިންވެއްޖެ ނަމަ ބޭންކަށް ގުޅުމުން ވެސް މި ފަދަ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމުގަ އެވެ.
ބީއެމްއެލްއިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ސަބްސްކްރިޕްޝަން ޕޭމަންޓުތައް 'ޑެއިލީ ފޮރިން ސްޕެންޑް' ލިމިޓްގައި ނުހިމެނޭނެ ކަމަށާއި، އެފަދަ ޕޭމަންޓުތައް މަނާކޮށްފައިނުވާނެ ކަމަށެވެ.
ނަމަވެސް އެކި ސަބަބުތަކާ ހުރެ ބައެއް މީހުންގެ ސަބްސްކްރިޕްޝަން ޕޭމަންޓުތައް މާޗަންޓުން ޑިކްލައިންކޮށްފައިވާ މައްސަލަ ފާހަގަވެފައިވާ ކަމަށް ބޭންކުން ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ހުޅުވާލައިފި
18 ގަޑިއިރު ކުރިން

ފްރެންޗައިޒްގެ އެންމެ ކާމިޔާބު ފެށުމާއެކު 64.35 ކުރޯޑް ރުޕީސް ހޯދައި، "ޓޯޓަލް ދަމާލް" ގެ ރެކޯޑް މުގުރާލައިފި
18 ގަޑިއިރު ކުރިން

އެމްޓީސީސީއާއި ބީއެމްއެލް ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި
20 ގަޑިއިރު ކުރިން
ހަމަޖެހުން ގާއިމުވުމުން އުޅަނދުފަހަރަށް ދަތުރުފަތުރުގެ ހުއްދަ ދޫކުރަން ފަށާނެ ކަމަށް އީރާނުން ބުނެފި
20 ގަޑިއިރު ކުރިން


.gif&w=3840&q=75)