
އެމްޑީޕީގެ ސަޕޯޓަރުން
ރައީސް ނަޝީދުތަ؟ ނޫނީ މީކާއީލްތަ؟

ރިޟްވާން މޫސާ - 11 ޖޫން 2026 - 09:43
ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އުފެދުނު އެންމެ ބޮޑު ސިޔާސީ ޕާޓީގެ އެތެރޭގެ އިންތިޙާބުގެ އެންމެ ނުފޫޒު ގަދަ ވޯޓު ލުން ނުވަތަ ޗެއާޕާސަން އިންތިޙާބުގެ ވޯޓުލުން މާދަމާ ބޭއްވުމަށް މޯލްޑިވިއަން ޑިމޮކްރެޓިވް ޕާޓީ އެމްޑީޕީން ވަނީ ނިންމާފަ އެވެ.
މި އިންތިޚާބު ބާއްވަން ނިންމާފައިވަނީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށްޓަކައި، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި، ވަގުތީ ޗެއާޕާސަންގެ ގޮތުގައި ޢަބްދުލްޣަފޫރު މޫސާ ވަނީ އިންތިޚާބު ކުރައްވާފައެވެ. އެމަނިކުފާނު މި މަޤާމަށް އިންތިޚާބުވީ ވޯޓުދެއްވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ތާއީދާއެކުގައެވެ.
ވަގުތީ ޗެއާޕާސަންގެ ގޮތުގައި ޢަބްދުލްޣަފޫރު މޫސާ
އެމްޑީޕީގެ އަސާސީ ޤަވާއިދުގައިވާ ގޮތުގެ މަތިން، ޗެއާޕާސަނަކީ ޕާޓީގެ އެތެރޭގެ އިދާރީ ހިންގުމާއި އިންތިޒާމުތައް ބެލެހެއްޓުމުގެ އެންމެ އިސް މަސްއޫލުވެރިޔާއެވެ. މި މަޤާމުގެ ދައުރަކީ ފަސް އަހަރު ދުވަހެވެ.
ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާ އެކު ކުރެވޭ މުޢާމަލާތްތަކުގައި ޕާޓީ ތަމްސީލުކުރުމާއި، ޕާޓީގެ އެތެރޭގެ އިންތިޚާބުތައް އިންތިޒާމުކުރުން ހިމެނެއެވެ. މީގެ އިތުރުން، ޕާޓީގެ ކޮންގްރެސް، ޤައުމީ މަޖިލިސް އަދި ޤައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ހިންގުން ސުޕަވައިޒްކޮށް ބެލެހެއްޓުމަކީވެސް ޗެއާޕާސަންގެ ޒިންމާއެކެވެ.
ރައީސް ސޯލިހާއި، ފައްޔާޒް އިސްމާއީލް ސަލާމް ކުރައްވަނީ
އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑު ވާދަވެރިކަމެއްގެ ތެރޭގައި ކުރިއަށް ގެންދާ މި އިންތިޙާބުގެ ފޯރި ވަނީ މުޅި ރާއްޖޭގެ ހުރިހައި ކަންކޮޅުތަކެއްގައިވެސް "ރަން ރީދޫ ލަޝްކަރު" ވަނީ ފެތުރިފަ އެވެ. ހާޢްސަ ގޮތެއްގައި ބޮޑެތި އަތޮޅުތަކާއި ސިޓީތަކުގައި ވެސް މި ކެމްޕެއިން ހަރަކާތްތައް ފޯރީގައި ކުރިއަށްދާއިރު އަލަށް މި ލަޝްކަރާއި ގުޅޭ އައު ކިތަންމެ މެންބަރުންނެއްވެސް ތިބިކަން ފާހަގަކޮށްލެވެ އެވެ. އެމްޑީޕީގެ ލަޝްކަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެޕާޓީގެ ރަން ރީދޫ ކުލަ އާއި، ޕާޓީގެ އެއިރެއްގެ ކެމްޕެއިނަން ބޭނުންކުރާ ސްލޯގަންތަކާއި ލަވަ އެވެ.
އެމްޑީޕީގެ ސަޕޯޓަރުންތައް
އެއްކޮޅުން އެމްޑީޕީގެ މެންބަރުންގެ މެދުގައި އޮތް ހިތްތަކުގެ ރައީސް ނުވަތަ ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވާއިރު ރައީސް ނަޝީދުގެ ޓީމު ގައިވެސް އެމްޑީޕީގެ އެންމެ ނުފޫޒުގަދަ އެއް ފަރާތެއް ކަމަށްވާ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ހިމެނެ އެވެ.
އެމްޑީޕީގެ ސަޕޯޓަރުން
ރައީސް ނަޝީދުގެ ކެމްޕެއިންގައި އެމަނިކުފާނު ވަނީ މުޅި ރާއްޖޭގައި ތިބި އެމްނިކުފާނު ސަޕޯޓަރުންނާއި ބައްދަލުކުރައްވާފަ އެވެ. ރައްރަށަށް ރައީސް ނަޝީދު ވައިގަތުމުން އެމްޑީޕީ އަށް ތާއީދުކުރައްވާ މެންބަރުންގެ އިތުރުން އާންމު ރައްޔިތުން ވެސް އެމަނިކުފާނަށް ހޫނު މަރުހަބާތަކެއްވެސް ކިޔާފަ އެވެ. ރައީސް ނަޝީދު ވިދާޅުވެލައްވަނީ "އެމްޑީޕީ ނިންދަވާފައި ނުބޭއްވޭނެ" ކަމަށާއި، " އެމްޑީޕީގެ އަޑެއް ކަނޑުވައެއް ނުލެވެނޭ" ކަމަށެވެ.
ރައީސް ނަޝީދު ޖަލްސާގައި ވާހަކަ ދައްކަވަނީ
އަނެއްކޮޅުން ވާދަކުރައްވާ ކެންޑިޑޭޓުވެސް ވަކި ދެރައެއް ނޫނެނެވެ. މީކާއީލް އަހުމަދު ނަސީމް އެމްޑީޕީ އަށް ފުރަތަމަ ފެނިލުމަކީވެސް ވަރަށް ޅަ އުމުރުގަ އެވެ. އެ ފަހުން މީކާއީލް ވަނީ އެމްޑީޕީގެ އެކިއެކި އިންތިޙާބު ތަކުގައި ވެސް ވާދަކުރައްވައި ވަރަށް ބޮޑު ކާމިޔާބީތަކެއް ވެސް ހާސިލް ކުރައްވާފަ އެވެ.
އިންތިޙާބުގައި މީކާއީލްގެ ރައިޓް ހޭންޑްގައި ހުރީ މި އޮޑި ދުއްވަން ދަންނަ މޮޅު ކެޔޮޅެއް ކަމަށް އޭނާގެ ޓީމުން ފާހަގަ ކުރެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންކަން ވަރަށް ގިނަ ދައުރުގައި ކުރެއްވުމަށްފަހު ކާމިޔާބާއެކު ރާއްޖޭގެ ވެރިކަން ވެސް ކުރެއްވި އެމްޑީޕީގެ ކުރީގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މީކާއީލް އަޙްމަދު ނަސީމް
މައިގަނޑު ގޮތެއްގައި މާލެ ސަރަހައްދުގައި މީކާއީލްގެ ކެމްޕެއިން ކުރިއަށްދާއިރު އެމަނިކުފާނު ގެންދިޔައީ މުޅި މާލެ ސަރަހައްދުގެ މާލެ، ހުޅުމާލެ، ވިލިމާލެ އަދި މިސަރަހައްދުގެ ކައރި ރަށްރަށަށް ވެސް ގޮސް މި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.
ރައީސް ސޯލިޙް ސަޕޯޓަރުންނާއެކު
އިންތިޚާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި، އެކަންކަމަށް ޙައްލު ހޯދުމަށްޓަކައި ޚާއްޞަ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ލީގަލް ކައުންސެލް މުޙައްމަދު ނިޝާނާއި، ކުރީގެ މިނިސްޓަރ ޢާއިޝަތު ޢަލީގެ އިތުރުން އެ ޕާޓީގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާޠިރު ޢަބްދުއްރަޙްމާނެވެ.
ޗެއާޕާސަން އިންތިޙާބުގައި މިވަގުތު އެންމެ ބޮޑަށް ރައްޔިތުން ކުރަމުން އަންނަ ސުވާލަކީ އިންތިޙާބުގައި ކުރި ހޯދާނީ ކޮން ބޭފުޅެއްތޯ އެވެ.
ގުޅުން ހުރި ޙަބަރުތައް

"ބޭނުމީ ޝުހާދު މެރި މީހުން ވެސް މަރަން" ޝުހާދުގެ މަންމަ އާއި ބައްޕަ
4 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ހުރިހައި އަތޮޅު ކައުންސިލްތަކެއްގެ އެސްޖީންތައް މަގާމުން ވަކިކޮށްފި!
4 ގަޑިއިރު ކުރިން

ވޭވަށުގެ އިންތިޙާބުގެ މައްސަލަ އަށް މިއަދު ގޮތެއް ނިންމަނީ
5 ގަޑިއިރު ކުރިން

ވޯލްޑް ކަޕް 2026: މުޅި ދުނިޔެ ފާހަގަކުރާ ފުޓްބޯޅައިގެ ކުލަގަދަ އީދެއް!
6 ގަޑިއިރު ކުރިން


.gif&w=3840&q=75)