
ހޯދަމުންދިޔަ ފުލުހަކު، ކަނޑުގެ އަޑިން ނިޔާވެފައި އޮއްވާ ފެނިއްޖެ

އާމިނަތު ޝަޒްލާ - 11 ޖޫން 2026 - 04:20
ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިން ގެއްލުނު ފުލުހަކު، މޫދު އަޑިން ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
މި ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ރޭ ދަންވަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބޭނުންކުރި "ޕޮލިސް ލޯންޗް 57" ގައި ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން އެކަކު ގެއްލިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން މިކަން ސަމާލުކަމަށް އައުމާއެކު، އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށާއި، ފުލުސް މީހާ ފެނިފައިވަނީ މޫދު އަޑި ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށް ފުލުހުންގެ ވަނީ ހާމަކޮށްފައެވެ.
ނިޔާވި ފުލުސް މީހާގެ ހަށިގަނޑު މިހާރު ވަނީ އއ. މަތިވެރި ސިއްޙީ މަރުކަޒަށް ގެންގޮސްފައެވެ. ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހާދިސާގައި ނިޔާވި ފުލުސް މީހާގެ ވަނަވަރާއި، އެވަގުތު ކުރިއަށްދިޔަ އޮޕަރޭޝަނާ ގުޅޭ ތަފްސީލެއް އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ފުލުހުން އިތުރަށް ބުނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ސީނިއާ ސާޖަންޓް އަހުމަދު އާސިފް، ފެނުނީ މޫދު އަޑީގައި ނިޔާވެފައި އޮއްވާ: ފުލުހުން
ގަޑިއިރެއް ކުރިން

އީރާނުގެ ގެޝެމް އައިލެންޑަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދީފި
18 ގަޑިއިރު ކުރިން

ހުޅުމާލެ ބީޗު ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށައިފި
18 ގަޑިއިރު ކުރިން

ކެނެޑާގެ ގަވަރނަރ ޖެނެރަލް އަށް ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ދަންނަވައިފި
19 ގަޑިއިރު ކުރިން


.gif&w=3840&q=75)