logo

ހުޅުމާލެ ބީޗު ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށައިފި

profile

ރިޟްވާން މޫސާ - 10 ޖޫން 2026 - 12:44

ހުޅުމާލެ ފޭސް 2 ގެ ބީޗު ސަރަހައްދު ސާރުކުރުމުގެ މަސައްކަތް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ފަށައިފި އެވެ.

https://wamco.com.mv/

އެޗްޑީސީގެ މުއައްޒަފުން ވަނީ މިއަދު ހުޅުމާލޭ ފޭސް 2 ގެ ބީޗް ސަރަހައްދުގައި އެ ސަރަހައްދު ސާފުކޮށް ވެލި އަޅައި ބީޗް ސަރަހައްދުގެ ފަސްގަނޑު އެއްވަރު ކުރުމުގެ މަސައްކަތްވެސް ކޮށްފަ އެވެ.

undefined

ހުޅުމާލެ ތަރައްގީ ކުރުމާއި ހުޅުމާލެ ހިތްގައިމު ތަނަކަށް ހެދުމަށް އެޗްޑީސީން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން އެޗްޑީސީން ވަނީ ދޭތެރެ ދޭތެރެއިން ހުޅުމާލޭގެ މަގުތަކުގެ ސާފުތާހިރުން ކަށަވަރު ކުރުމަށް އެކިއެކި ޕްރޮގްރާމްތައް ހިންގަމުންނެވެ.

އެޗްޑީސީން ވަނީ ހުޅުމާލޭގެ މަގުތަކުގެ ހުންނަ ކުނިބުނި ސާފުކުރުމާޢި، މަގުތަކުގައި ހުންނަ ބައެއް މަރާމާތުގެ މަސައްކަތްތައް ވެސް ކުރަމުންނެވެ.

undefined

މީގެ އިތުރުން ވިނަރެސް 9 ސަރަހައްދުގެ ޕާކު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް އެޗްޑީސީގެ ޓީމުން ދަނީ ކުރަމުން ކަން ވެސް ފާހަގަކޮށްލެވެ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk