logo

ހިޔާ ޓަވަރުން ކޮމާޝަލް ޔުނިޓު ކުއްޔަށް ދޫކުރަން ހުޅުވާލައިފި

profile

މުޙައްމަދު ފަޟްލޫން - 10 ޖޫން 2026 - 11:56

ހިޔާ ޓަވަރުތަކުން ވިޔަފާރި އުޞޫލުން ދޫކުރުމަށް ކަނޑައަޅާފައިވާ ބައެއް ޔުނިޓްތައް ކުއްޔަށް ދިނުމަށް ހައުސިންގ ފެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

https://wamco.com.mv/

މި މަހުގެ 8 ވަނަ ދުވަހު އެ ކޯޕަރޭޝަނުން ކުރި އިޢުލާނެއްގައިވާ ގޮތުން، އޯޕަން މާކެޓް ޑިމާންޑް އިނީޝިއޭޓިވްގެ ދަށުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ހިޔާ ކޮމާޝަލް ސަރަޙައްދުގެ ދެ ޔުނިޓެކެވެ. އެއީ 546.27 އަކަފޫޓުގެ HIYI2-G-02 ޔުނިޓާއި، 554.66 އަކަފޫޓުގެ HIYI0-G-03 ޔުނިޓެވެ.

މި ޔުނިޓްތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީ 2026 ޖުލައި 1 ވާ ބުދަ ދުވަހުގެ މެންދުރު 13:00 އިން 14:00 އަށް، އެޗްޑީސީ ބިލްޑިންގގެ ގްރައުންޑް ފްލޯގައި ހުންނަ އެގްޒިބިޝަން ސެންޓަރުގައެވެ.

ޕްރޮޕޯޒަލްތައް ހުޅުވުން އޮންނާނީ ހަމަ އެ ދުވަހުގެ މެންދުރު 14:00 ގައެވެ.

މި މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީ ޕްރޮޕޯޒަލް ބައްދަލުވުން 14 ޖޫން 2026 ގެ ހެނދުނު 10:00 ގައި ޒޫމް މެދުވެރިކޮށް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. މީގެ އިތުރުން، އެއްވެސް ކަމެއް ސާފުކުރަން ބޭނުންވާ ނަމަ 17 ޖޫން 2026 ގެ މެންދުރު 14:00 ގެ ކުރިން ލިޔުމުން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މި ސުވާލުތަކުގެ ޖަވާބުތައް 21 ޖޫން 2026 ގައި އެޗްޑީސީގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި، މިކަމާ ގުޅޭ ރިކުއެސްޓް ފޯ ޕްރޮޕޯޒަލް (އާރްއެފްޕީ) ލިޔެކިޔުންތައް އެ ކޯޕަރޭޝަންގެ ރަސްމީ ވެބްސައިޓުންނާއި އެޗްޑީސީ ޕްރޮޕަޓީޒް ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކަމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ހޯދައި، ކަންކަން ސާފުކުރުމަކީ ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ޒިންމާއެއް ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk