
އެޗްޑީސީން ހިޔާ ކޮމާޝަލް ސަރަހައްދުން ޔުނިޓްތަކެއް ކުއްޔަށް ދެނީ

ރިޟްވާން މޫސާ - 10 ޖޫން 2026 - 11:57
ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހިޔާ ކޮމާޝަލް ސަރަހައްދުން އޯޕަން މާކެޓް ޑިމާންޑަށް ޔުނިޓްތަކެއް ކުއްޔަށް ދޫކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާން ކޮށްފިއެވެ.
މި ފުރުސަތުގެ ދަށުން ކުއްޔަށް ދޫކުރާނީ HIY12-G-02 (546.27 އަކަފޫޓު) އަދި HIY10-G-03 (554.66 އަކަފޫޓު) ގެ ދެ ޔުނިޓެވެ. މި ޔުނިޓްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މި މަޝްރޫޢާ ގުޅޭ މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ޕްރޮޕޯސަލް މީޓިން އޮންނާނީ މި މަހުގެ 14 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި ޒޫމް މެދުވެރިކޮށެވެ.
އެޗްޑީސީން ވަނީ މި ކަމާއި ގުޅޭ މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ ކުރިއަށް ސާކުރައްވަން ބޭނުފުޅުވެލައްވާ މައުލޫމާތެއް އީމޭއިލް މެދުވެރިކޮށް ނުވަތަ އެޗްޑީސީ އާއި ހިއްސާ ކުރުމަށް ވެސް އެދިފަ އެވެ.
ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ އަންނަ މަހުގެ އެއްޗަނަ ދުވަހުގެ މެންދުރު 13:00 އިން 14:00 އަށް އެޗްޑީސީ ބިލްޑިންގްގެ ގްރައުންޑް ފްލޯގައި ހުންނަ އެގްޒިބިޝަން ސެންޓަރުގައެވެ.
ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ ހަމަ އެ ދުވަހުގެ 14:00 ގައެވެ. ހުރިހާ ޕްރޮޕޯސަލްތަކަކާއެކު ބިޑް ސެކިއުރިޓީ ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
މި މަޝްރޫޢާ ގުޅޭ އާރްއެފްޕީ ޑޮކިއުމަންޓް އެޗްޑީސީގެ ކޯޕަރޭޓް ވެބްސައިޓް (www.hdc.mv) އަދި ޕްރޮޕަޓީޒް ވެބްސައިޓުން (properties.hdc.mv) ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.
ގުޅުން ހުރި ޙަބަރުތައް

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް!
2 ގަޑިއިރު ކުރިން

"ދައުރު"އިން ޝާއިއުކުރި އަޒާންގެ ވާހަކަ ހިމެނޭ ލިޔުން "ޑްރާފްޓް"އަށް ބަދަލުކުރަން އަމުރުކޮށްފި!
2 ގަޑިއިރު ކުރިން

އެލްޖީއޭގެ ރައީސްގެ މަގާމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
2 ގަޑިއިރު ކުރިން

ހުޅުމާލެ ބީޗު ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)