
އެކްސިޑެންޓްގައި އަނިޔާވި އުމުރުން ދުވަސްވީ އަންހެން މީހާ / ފޮޓޯ އަސްލުޓީވީ ވިޝާލް
މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް!

ރިޟްވާން މޫސާ - 10 ޖޫން 2026 - 12:56
މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ މީގެ ކުޑަ ވަގުތުކޮޅެއް ކުރިން މާލޭ މަޖީދީމަގު މާކަރީ ލައިޓް ސަރަހައްދުން ނަލަހިޔާ ފިހާރަ ކުރިމައްޗަށް ވާ ގޮތަށެވެ.
އެސަރަހައްދުގައި ހުރި މީހަކު "އަސްލު" އަށް ބުނި ގޮތުގައި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ހިނގާފައި ދިޔަ މީހާ ގައިގައި ޖެހިގެން ކަމަށެވެ. ނަމަވެސް މާބޮޑު ތަފްސީލެއް ނުލިބެ އެވެ.
މި އެކްސިޑެންޓުގައި ވަނީ އުމުރުން ދުވަސްވީ އަންހެނަކަށް އަނިޔާވެފަ އެވެ. ނަމަވެސް އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.
އެކްސިޑެންޓުގައި އަނިޔާވި އުމުރު ދުވަސްވީ އަންހެން މީވާ އަށް ފަރުވާ ދިނުމަށްޓަކައި އައިޖީއެމް ހޮސްޕިޓަލުގެ އެމްބިއުލައިންސް ގައި ވަނީ ވަގުތުން ގެންގޮސްފަ އެވެ.
މި މައްސަލައިގައި ކަން ހިނގި ގޮތް ފުލުހުން އެސަރަހައްދުގައި ބަލަމުން އަންނަ ކަން ފާހަގަކޮށްލެވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

"ދައުރު"އިން ޝާއިއުކުރި އަޒާންގެ ވާހަކަ ހިމެނޭ ލިޔުން "ޑްރާފްޓް"އަށް ބަދަލުކުރަން އަމުރުކޮށްފި!
3 ގަޑިއިރު ކުރިން

އެލްޖީއޭގެ ރައީސްގެ މަގާމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
3 ގަޑިއިރު ކުރިން

އެޗްޑީސީން ހިޔާ ކޮމާޝަލް ސަރަހައްދުން ޔުނިޓްތަކެއް ކުއްޔަށް ދެނީ
4 ގަޑިއިރު ކުރިން

އިސްލާމިކް ބޭންކިންގެ ދިރާސާވެރިން ބައިވެރިވާ ކޮންފަރެންސެއްގައި އެމްއައިބީއިން ބައިވެރިވެއްޖެ!
4 ގަޑިއިރު ކުރިން


.gif&w=3840&q=75)