
އިސްލާމިކް ބޭންކިންގެ ދިރާސާވެރިން ބައިވެރިވާ ކޮންފަރެންސެއްގައި އެމްއައިބީއިން ބައިވެރިވެއްޖެ!

ރިޟްވާން މޫސާ - 10 ޖޫން 2026 - 11:56
ޔޫޓީއޯ އެޑިއުކޮންސަލްޓް އިން އިންތިޒާމުކޮށްގެން ހޮޓެލް ޖެންގައި ބޭއްވި 12 ވަނަ މޯލްޑިވްސް އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް އިންޑަސްޓްރީ (މިބްފީ) ކޮންފަރެންސް 2026 ގައި މޯލްޑިވްސް އިސްލާމިކް ބޭންކް އެމްއައިބީއިން ބައިވެރިވެއްޖެއެވެ.
"ރައިޒިންގް އަޕް ޓު ދަ ޗެލެންޖް" ނުވަތަ 'ގޮންޖެހުންތަކާ ކުރިމަތިލުން' މި ޝިއާރުގެ ދަށުން ބޭއްވުނު މި ކޮންފަރެންސްގައި އިސްލާމިކް ބޭންކިން އަދި ފައިނޭންސްގެ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.
އަދި ދުވަހެއް ދުވަހަކަށް ޑިޖިޓަލްވެ ގުޅެމުންދާ ބައިނަލްއަގުވާމީ އިގްތިސާދެއްގައި، އުފެދެމުންދާ ފުރުސަތުތަކާ ގުޅޭގޮތުން އެ ކޮންފަރެސްގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް އެމްއައިބީއިން ވަނީ ބުނެފައެވެ.
މި ސެޝަންގައި ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އިސްލާމިކް ބޭންކިން ތަރައްގީވަމުން އައި ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި މި ދާއިރާއަށް ލިބުނު ކާމިޔާބީތަކާއި ކުރިމަތިވި ގޮންޖެހުންތަކުގެ އިތުރުން ކުރިއަށް ހުރި ފުރުސަތުތަކާ ބެހޭގޮތުން އެމްޑީ ވަނީ ވާހަކަދައްކަވާފައެވެ.
މި ކޮންފަރެންސްގައި ޕެނަލް މަޝްވަރާތަކާއި ރާއްޖޭގެ އިސްލާމީ މާލީ ދާއިރާގެ މުސްތަގުބަލާ ބެހޭގޮތުން ހިޔާލު ބަދަލުކުރުމަށް މަގުފަހިކޮށްދިން ވާހަކަތައް ކުރިއަށްދިޔަ ކަމަށް އެމްއައިބީއިން ވަނީ ބުނެފައެވެ.
އަދި މި ހަރަކާތް ނިންމާލީ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމާއި މައުލޫމާތު ހިއްސާކުރުމަށް ބޭއްވުނު މިބްފީ ކުއިޒް މުބާރާތުން ކަމަށާއި މި ކޮންފަރެންސްގައި އެމްއައިބީން ބައިވެރިވުމަކީ މި ސިނާއަތުގެ މަޝްވަރާތައް ކުރިއެރުވުމަށާއި ރާއްޖޭގެ އިސްލާމީ ބޭންކިން އަދި ފައިނޭންސްގެ މުސްތަގުބަލު ބައްޓަންކުރުމަށް އެ ބޭންކުން ބަހައްޓާ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް އެމްއައިބީއިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް!
4 ގަޑިއިރު ކުރިން

"ދައުރު"އިން ޝާއިއުކުރި އަޒާންގެ ވާހަކަ ހިމެނޭ ލިޔުން "ޑްރާފްޓް"އަށް ބަދަލުކުރަން އަމުރުކޮށްފި!
4 ގަޑިއިރު ކުރިން

އެލްޖީއޭގެ ރައީސްގެ މަގާމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
4 ގަޑިއިރު ކުރިން

އެޗްޑީސީން ހިޔާ ކޮމާޝަލް ސަރަހައްދުން ޔުނިޓްތަކެއް ކުއްޔަށް ދެނީ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)