logo

އެލްޖީއޭގެ ރައީސްގެ މަގާމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު

profile

ރިޟްވާން މޫސާ - 10 ޖޫން 2026 - 12:45

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސްގެ މަގާމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައީސް ޑރ. މުޙައްމަދު މުއިއްޒު އައްޔަންކުރައްވައިފިއެވެ.

https://wamco.com.mv/

އެލްޖީއޭގެ ރައީސްކަމުގައި މީގެ ކުރިން ހުންނެވީ ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރެވެ. ފިނޭންސް މިނިސްޓަރުގެ މަގާމަށް ޒަރީރު އައްޔަންކުރެއްވީ އެ މަގާމުގައި ހުންނެވި ޒަމީރު އިސްތިއުފާ ދެއްވުމުންނެވެ.

މީރާގެ ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޙަސަން ޒަރީރު، ފިނޭންސް މިނިސްޓަރުގެ މަގާމަށް ރައީސް އައްޔަންކުރެއްވީ މިދިޔަ ހޯމަ ދުވަހުގައެވެ. ޒަރީރަކީ މާލީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. ޚާއްސަކޮށް މީރާގެ ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވައިގެން ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށް އޭނާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.

މި ސަރުކާރުގައި ފުރަތަމަ ލޯކަލް ގަވަމެންޓް މިނިސްޓްރީއެއް އޮތް ނަމަވެސް، މިދިޔަ އޭޕްރިލް މަހު ރައީސް ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން އެ މިނިސްޓްރީ ވަނީ އުވާލައްވައިފައެވެ. އެއަށްފަހު ފިނޭންސް މިނިސްޓަރު ކައުންސިލްތައް ރެގިއުލޭޓްކުރާ އޮތޯރިޓީގެ ރައީސްކަމަށް އައްޔަންކުރެއްވިއިރު، މީގެ ކުރިން އެ މަގާމުގައި ހުންނަވަނީ ހޯމް މިނިސްޓަރެވެ.

މި ސަރުކާރުގައި އެލްޖީއޭގެ ސީއީއޯގެ މަގާމު ވެސް ދެ ފަހަރެއްގެ މަތިން ބަދަލުކުރިއިރު ފުރަތަމަ ހުންނެވީ ޑރ. މަރިޔަމް ޒުލްފާއެވެ. އެއަށްފަހު މިހާރު ހުންނެވީ ފެނަކައިގެ ކުރީގެ އެމްޑީ މުޙައްމަދު ނިމާލެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk