logo

އީރާނުގެ ގެޝެމް އައިލެންޑަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދީފި

profile

މުޙައްމަދު ފަޟްލޫން - 10 ޖޫން 2026 - 12:44

އީރާނުގެ ހޮރްމޫޒް ކަނޑުއޮޅި ކައިރީގައި އޮންނަ ގެޝެމް ރަށަށް އަމާޒުކޮށް އެމެރިކާގެ އަސްކަރިއްޔާއިން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

https://wamco.com.mv/

މި ހަމަލާތަކަކީ، ހޮރްމޫޒް ކަނޑުއޮޅި ސަރަޙައްދުން ދަތުރުކުރި އެމެރިކާގެ އަސްކަރީ ހެލިކަޕްޓަރެއް އީރާނުގެ ޑްރޯން ހަމަލާއެއްގައި ވައްޓާލާފައިވާ ކަމަށް ބުނެ، އެމެރިކާއިން ދިން ރައްދު ހަމަލާތަކެކެވެ.

އީރާނުން މި ތުހުމަތުތައް ދޮގުކުރި ނަމަވެސް، އެމެރިކާއިން ސާބިތުކަމާއެކު ބުނަމުންދަނީ ހެލިކަޕްޓަރު ވައްޓާލުމުގެ ޒިންމާ އުފުލަންޖެހޭނީ އީރާނުން ކަމަށެވެ.

ހެލިކަޕްޓަރު ވައްޓާލި ހާދިސާއާ ގުޅިގެން އެމެރިކާއިން މިއަދު ދިން ރައްދު ހަމަލާތައް އީރާނުގެ ތިން ސަރަޙައްދަކަށް ވަނީ އަމާޒުވެފައެވެ.

އޭގެ ތެރޭގައި ގެޝެމް ރަށުގެ އިތުރުން، ބަންދަރު އައްބާސް ސިޓީއާއި ސިރިކް ސަރަޙައްދު ހިމެނެއެވެ.

ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ގެޝެމަށް ދިން ހަމަލާތަކުގައި ބާރުގަދަ ހަ ގޮވުމެއްގެ އަޑު އިވިފައިވެއެވެ.

މި ހަމަލާތަކުގައި ބޮޑެތި ގޮވުންތަކެއް ގޮވައި، އަލިފާން ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯތައް މީސްމީޑިއާގައި ދައުރުވަމުންދާއިރު، މި ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް މިހާތަނަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk