logo

ޕީއެންސީ އިން އަބަދުވެސް އިސްކުރާނީ ގައުމު: ނާޒިމް

profile

މުޙައްމަދު ފަޟްލޫން - 10 ޖޫން 2026 - 08:24

ޕީއެންސީން އަބަދުވެސް އެންމެ އިސްކަމެއް ދޭނީ ދިވެހި ގައުމަށް ކަމަށް، ކުރީގެ ހެލްތު މިނިސްޓަރު އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ގައުމަށް ދިމާވި ކޮންމެ ނާޒުކު ދަނޑިވަޅެއްގައިވެސް އެ ޕާޓީގެ މެންބަރުން ސާބިތުވެ ތިއްބެވީ ގައުމީ މަޞްލަޙަތު އިސްކޮށްގެން ކަމަށެވެ.

ޕީއެންސީއަކީ އަޅުވެތިކަމާ ދެކޮޅަށް ފާޅުގައި އަޑުއުފުލި ހިތްވަރުގަދަ މެންބަރުންތަކެއް ތިބި ޕާޓީއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ދައުލަތުގެ ވުޒާރާތަކުގެ ޙާލަތު އޮތް ގޮތް ބަޔާންކޮށްދެއްވަމުން ނާޒިމް ވިދާޅުވީ، ސިއްހީ ވަޒީރު މަޤާމާ ޙަވާލުވެވަޑައިގެންނެވިއިރު ފެންމަތިވެފައި އޮތީ ވެންޓިލޭޓަރުތަކުގެ ބޮޑު ޚިޔާނާތުގެ މައްސަލަ ކަމަށެވެ.

ހަމައެހެންމެ، މަސްވެރިކަމާ ބެހޭ ވުޒާރާއާ ވަޒީރު ޙަވާލުވެވަޑައިގެންނެވިއިރު، މަސްވެރިންނަށް ދޭންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދީ ހުރިކަމަށާއި، ފިނޭންސް މިނިސްޓްރީގެ ޙާލަތަށް ބަލާއިރު، ދައުލަތް އޮތީ ބޮޑު ދަރަންޏެއްގައި ތާށިވެ، ބިލްތަކަށް ފައިސާ ނުދެއްކިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެން، ޤައުމު އޮތް އިގްތިސާދީ އަނދަވަޅުން ސަލާމަތްކޮށް، ދަރަނިތައް އަދާކުރައްވަމުން ގެންދަވަނީ ނަމޫނާ މަސައްކަތްޕުޅުތަކެއްގެ ތެރެއިން ކަމަށެވެ.

މި ކާމިޔާބީއަކީ ސަރުކާރުގެ ޓީމުން އެކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށް ނާޒިމް ވިދާޅުވިއެވެ.

ރައީސް މުޢިއްޒަކީ ޤައުމު އިސްކުރުމުގައި މުޅި ސިޔާސީ ދާއިރާއަށްވެސް ނަމޫނާ ދައްކަވަމުންދާ ލީޑަރެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk