
ކުރީގެ ރައީސް ސޯލިހް، އިންޑިއާގެ ބޮޑުވަޒީރަށް މަރުހަބާ ދަންނަވައިފި

މުޙައްމަދު ފަޟްލޫން - 10 ޖޫން 2026 - 06:34
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މަރުހަބާ ދަންނަވައިފިއެވެ.
އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅާގެ ޝަރަފު ނަރެންދުރަ މޯދީ ހޯއްދެވުމާއި ކުރެއްވުމާ ގުޅިގެން، ރައީސް ސޯލިހް ވަނީ އެމަނިކުފާނަށް މަރުޙަބާ އާއި ތަހުނިޔާ ފޮނުއްވާފައެވެ.
އެކްސް މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހް ވިދާޅުވީ، މިއީ އިންޑިއާގެ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމުގައި ބޮޑުވަޒީރު މޯދީއަށް އޮތް ފުރިހަމަ އިތުބާރާއި ޔަގީންކަން ރަމްޒުކޮށްދޭ ތާރީހީ ކާމިޔާބީއެއް ކަމަށެވެ.
މީގެއިތުރުން، ބޮޑުވަޒީރު މޯދީގެ ޒަޢާމަތުގައި އިންޑިއާއިން ހޯދާފައިވާ އިގްތިޞާދީ، އިޖުތިމާޢީ އަދި ސިޔާސީ ބޮޑެތި ކުރިއެރުންތަކަށް ރައީސް ޞާލިޙް ވަނީ ނުހަނު ބޮޑަށް ތައުރީފު ކުރައްވާފައެވެ.
އިންޑިއާއަށް އައިސްފައިވާ މި އިންގިލާބީ ބަދަލަކީ ބޮޑުވަޒީރުގެ ވަރުގަދަ ލީޑަރޝިޕާއި ދުރުވިސްނުންތެރިކަމުގެ ސާފު ހެއްކެއް ކަމަށްވެސް ރައީސް ސޯލިހްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
ރައީސް ސޯލިހްގެ ވެރިކަމުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ހާރިޖީ ގުޅުން އާދަޔާހިލާފަށް ބަދަހިވެގެންދިޔަކަން ފާހަގަކުރައްވައި، ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދެ ޤައުމުގެ މެދުގައި އޮތް އެކުވެރިކަމުގެ ބަދަހި ގުޅުން އިތުރަށް ހަރުދަނާވެ، ފުޅާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ޕީއެންސީ އިން އަބަދުވެސް އިސްކުރާނީ ގައުމު: ނާޒިމް
3 ގަޑިއިރު ކުރިން

ޝަމްއާން ފްރޭމްކޮށްފައިވާކަމަށް ބުނާ ވާހަކައަކީވެސް އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން: އިހުސާން
4 ގަޑިއިރު ކުރިން

ހައްޖުވެރިންގެ ފަހު ގްރޫޕް ރާއްޖެ އަތުވެއްޖެ
5 ގަޑިއިރު ކުރިން

ރައީސް ޑރ މުއިއްޒު އިންޑިއާގެ ބޮޑުވަޒީރަށް މަރުހަބާ ދަންނަވައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)