logo

ރައީސް ޑރ މުއިއްޒު އިންޑިއާގެ ބޮޑުވަޒީރަށް މަރުހަބާ ދަންނަވައިފި

profile

މުޙައްމަދު ފަޟްލޫން - 10 ޖޫން 2026 - 06:33

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހޯއްދެވި ތާރީޚީ ކާމިޔާބީއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އިންޑިއާގެ ތާރީޚުގައި ޖެހިޖެހިގެން އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާގެ ޝަރަފު މޯދީ ހޯއްދަވާފައިވާތީ އެކަން ފާހަގަކުރެއްވިއެވެ.

ބޮޑުވަޒީރު މޯދީ މި ރެކޯޑް މުގުރާލެއްވީ، އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހުރޫ ޖެހިޖެހިގެން 4,398 ދުވަހު މަގާމުގައި ދެމިހުންނަވައިގެން ގާއިމުކުރައްވާފައިވާ ރެކޯޑެވެ. 2026 ޖޫން 10 ވަނަ ދުވަހު މޯދީ ވަނީ މަގާމުގައި 4,399 ދުވަސް ހަމަކުރައްވައި، އިންޑިއާގެ ތާރީހުން ހާއްސަ ޖާގައެއް ހޯއްދަވާފައެވެ.

ރައީސް މުޢިއްޒުގެ މަރުހަބާގެ މެސެޖުގައި، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ބަދަހި ޚާރިޖީ ގުޅުން އިތުރަށް ހަރުދަނާކޮށް، ދޭދޭ އެއްބާރުލުން ފުޅާކުރުމަށް ބޭނުންފުޅުވާކަން ހާމަކުރެއްވިއެވެ.

ދެ ގައުމުގެ ގުޅުން ކުރިއަށްދާނީ މިއަދުވެސް އޮތް ފަދައިން، އެކަކު އަނެކަކަށް ކުރާ އިޙްތިރާމާއި، ސިޔާދަތީ ހަމަހަމަކަމުގެ މައްޗަށް ބިނާވެގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންޑިއާއަކީ އަބަދުވެސް ދިވެހިރާއްޖެއާ ގާތް އަދި ރަޙުމަތްތެރި ގުޅުމެއް ބާއްވަމުން އަންނަ މުހިންމު ބައިވެރިއެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk