
ކެނެޑާގެ ގަވަރނަރ ޖެނެރަލް އަށް ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ދަންނަވައިފި

މުޙައްމަދު ފަޟްލޫން - 10 ޖޫން 2026 - 11:56
ކެނެޑާގެ 31 ވަނަ ގަވަރނަރ ޖެނެރަލް އަދި ކޮމާންޑަރ އިން ޗީފްގެ މަގާމާ، ހަރ އެކްސެލެންސީ ދަ ރައިޓް އޮނަރަބްލް ލޫއީޒް އާބޯރ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކަމަނާއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އެކަމަނާ މި މަތިވެރި މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރިކަމާއެކު މަރުހަބާ ދަންނަވާފައިވެއެވެ.
އެކަމަނާގެ ޒައާމަތުގައި ކެނެޑާއަށް ދެމެހެއްޓެނިވި ކުރިއެރުމާއި އުފާފާގަތިކަން ލިބި، އެ ޤައުމުގެ އަގުހުރި އުސޫލުތައް އިތުރަށް ވަރުގަދަވެގެންދާނެކަމުގެ ފުރިހަމަ އިތުބާރު އޮތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއާއި ކެނެޑާއާ ދެމެދު އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންނަށް އޭގެ މަންފާ ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ގަވަރނަރ ޖެނެރަލް ލޫއީޒް އާބޯރއަށް ދުޅަހެޔޮ ސިއްހަތަކާއި ކާމިޔާބީއަށް އެދިވަޑައިގަންނަވަމުންނެވެ. އަދި ކެނެޑާގެ ރައްޔިތުންނަށް އަމާންކަމާއި ފާގަތި ދުވަސްތަކަކަށް އެދިވަޑައިގަންނަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އީރާނުގެ ގެޝެމް އައިލެންޑަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދީފި
42 މިނިޓު ކުރިން

ހުޅުމާލެ ބީޗު ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށައިފި
42 މިނިޓު ކުރިން

ހިޔާ ޓަވަރުން ކޮމާޝަލް ޔުނިޓު ކުއްޔަށް ދޫކުރަން ހުޅުވާލައިފި
2 ގަޑިއިރު ކުރިން

ޕީއެންސީ އިން އަބަދުވެސް އިސްކުރާނީ ގައުމު: ނާޒިމް
5 ގަޑިއިރު ކުރިން


.gif&w=3840&q=75)