logo
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އަލީ އިހުސާން

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އަލީ އިހުސާން

ޝަމްއާން ފްރޭމްކޮށްފައިވާކަމަށް ބުނާ ވާހަކައަކީވެސް އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން: އިހުސާން

profile

މުޙައްމަދު ފަޟްލޫން - 10 ޖޫން 2026 - 07:14

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު ފްރޭމްކޮށްފައިވާކަމަށް ބުނާ ވާހަކައަކީވެސް އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޝަމްއާން 25 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރުމުގެ ކުރިން މީޑިއާ ތަކަށް ދެއްވި އިންޓަރވިއުއެއްގައި އޭނާ ވަނީ މިސަރުކާރުން އޭނާ ފްރޭމްކޮށްފައިވާ ކަމަށް ބުނެފައެވެ.

ޝަމްއާންގެ ތުހުމަތުތަކަށް ރައްދުދެއްވައި ހޯމް މިނިސްޓަރ އިހުސާން ވިދާޅުވީ ޝަމްއާން އެ ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށެވެ.

ޝަމްއާން ތަކުރާރުކޮށް ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެތް ނުވަތަ ގަރީނާއެއް ނެތް އިރު، އޭނާ އެހަދަނީ ދޮގުކަން ކުރިންވެސް މީޑިޔާގައި ދަންނަވާފައިވާނެ ކަމަށް މިނިސްޓަރ އިހްސާން ވިދާޅުވިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓްގައި މިނިސްޓަރ އިހްސާން ވިދާޅުވީ ޝަމްއާން ފްރޭމްކޮށްފައިވާކަމަށް ބުނާ ވާހަކައަކީވެސް އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަން އެމައްސަލައިގައި ފުލުހުން ހޯދާފައިވާ ހެކިތަކުން ސާފުވާ ކަމަށެވެ.

މިމައްސަލައިގައި ކަންހިނގާފައިވާ ގޮތް ތަފްސީލުކޮށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ފުލުހުންގެ މުއައްސަސާގައި އެދިފައިވާނެ ކަމަށް ވެސް އިހްސާން ވިދާޅުވިއެވެ.

ޝަމްއާން އަށް އިއްޔެ ކްރިމިނަލް ކޯޓުން 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވާއިރު ޝަމްއާން ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާތަކަށް އިންކާރު ކޮށްފައެވެ.

ޖަލު ހުކުމުގެ އިތުރުން ޝަމްއާން ވަނީ 5 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

ޝަމްއާންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި މަނީ ލޯންޑަރ ކުރުމާއި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާގެ އިތުރުން ފައިސާ ފޭރުމުގައި ބައިވެރިވި ކަމުގެ ތުހުމަތު ހިމެނެއެވެ.

މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހުސާން ބަޔާންކުރެއްވި ގޮތުގައި، ޝަމްއާންގެ މައްޗަށް އެންމެ ބޮޑު އަދަބު ކަނޑައެޅީ އޭނާގެ އަމަލުތަކުގެ ސަބަބުން އިމިގްރޭޝަންގެ އަގުވެއްޓިފައިވާތީއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk