logo

ހައްޖުވެރިންގެ ފަހު ގްރޫޕް ރާއްޖެ އަތުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 10 ޖޫން 2026 - 06:38

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު، ދިވެހި ހައްޖާޖީންގެ އެންމެ ފަހު ގްރޫޕް ރޭ މެންދަމު ރާއްޖެ އަތުވެއްޖެއެވެ.

https://wamco.com.mv/

މޯލްޑިވިއަންގެ ޚާއްޞަ ފްލައިޓެއްގައި ރޭ މެންދަމު 00:00 ހާއިރު ރާއްޖެ އައި މި ގްރޫޕުގައި 262 ހައްޖާޖީން ހިމެނެއެވެ.

މިއާއެކު، މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖާޖީން މިހާރު ވަނީ އަނބުރާ ގައުމަށް އައިސް ނިމިފައެވެ.

ހައްޖާޖީން ރާއްޖެ އަންނަން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

އެ ދުވަހު އައި ފުރަތަމަ ފްލައިޓުގައި 240 އަށް ވުރެ ގިނަ ހައްޖާޖީން އައިސްފައިވާއިރު، އާދީއްތަ ދުވަހު އައި ދެވަނަ ގްރޫޕުގައި 262 ހައްޖާޖީން އަދި ހޯމަ ދުވަހުގެ ރޭ އައި ތިންވަނަ ގްރޫޕުގައި 271 ހައްޖާޖީން ވަނީ ރާއްޖެ އައިސްފައެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk