logo

ދެ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރަން ހުޅުވާލައިފި

profile

މުޙައްމަދު ފަޟްލޫން - 03 މޭ 2026 - 18:53

ދެ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރަން ހުޅުވާލައިފިއެވެ.

https://wamco.com.mv/

އިލެކްޝަންސް ކޮމިޝަން، އީސީ އިން ކުރި އިއުލާނެއްގައި ވަނީ ވ ރަކީދޫ އާއި މ ރަތްމަންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ.

މި ދެ ރަށުގައި ބާއްވަންޖެހޭ އިންތިހާބު އަންނަ ޖޫން 20 ވަނަ ދުވަހު ބާއްވަން ވަނީ ނިންމާފައެވެ.

މި ދެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް އިންތިހާބުކުރަންޖެހޭ މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް މެއި 18 ވަނަ ދުވަހުގެ 15:00 އާ ހަމައަށް އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އީސީގެ އިއުލާނުގައި ބުނެފައިވެއެވެ.

މައި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 ން މެންދުރުފަހު 15:30 އަށް ކަމަށާއި، އަދި ހުކުރު ދުވަހު މެންދުރުފަހު 15:30 އިން ހަވީރު 18:00 އާ ހަމައަށެވެ.

ރަކީދޫ އާއި ރަތްމަންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބާއްވަނީ އިންތިހާބީ އަދަދަށް މެމްބަރުން ހަމަނުވާތީ ކަމަށްވެސް އީސީ އިން މައުލޫމާތު ދެއެވެ.

މި ރަށްތަކުގައި އިންތިހާބުކުރަންޖެހޭ މަގާމުތަކުގެ ތެރޭގައި ރަކީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުގެ މަގާމަށް އެއް މެންބަރު ހިމެނެއެވެ.

އަދި ރަތްމަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށް އެއް މެންބަރު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުގެ މަގާމަށް ދެ މެންބަރުން ހިމެނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk