
ގަވާއިދާ ހިލާފަށް ފަޅުހިއްކާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން އީރާއުއޭ އިން ނިންމައިފި

މުޙައްމަދު ފަޟްލޫން - 03 މޭ 2026 - 15:33
ގަވާއިދާ ހިލާފަށް ފަޅުހިއްކާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ، އީރާއުއޭ އިން ނިންމައިފިއެވެ.
ދިވެހިރާއްޖޭގެ އަތޮޅުތަކުގައި ކުރިއަށްދާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަޝްރޫޢުތަކާ ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތަކަށް ރިޢާޔަތްކޮށް، އެންވަޔަރަންމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ އީރާއުއޭ އިން ވަނީ، ގަވާއިދާ ހިލާފަށް މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ނިންމާފައެވެ.
އެ އޮތޯރިޓީން ހާމަކުރެއްވި ގޮތުގައި، ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަސައްކަތްތަކާ ގުޅޭ ގިނަ އަދަދެއްގެ ޝަކުވާ އެ އިދާރާއަށް ދަނީ ލިބެމުންނެވެ.
އޭގެ ތެރޭގައި، ތިމާވެށްޓަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފަށް މަސައްކަތް ކުރިއަށް ގެންދިއުމުގެ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
ހާއްސަކޮށް، މަޝްރޫޢުތައް ކުރިއަށްގެންދާއިރު ސެޑިމެންޓޭޝަން ނުވަތަ ކޮަޅިބަލިވުން ކުޑަކުރުމަށްޓަކައި ގާއިމުކުރަންޖެހޭ ބަންޑްވޯލް ނުވަތަ ސިލްޓް ސްކްރީން ފަދަ ރައްކާތެރިކަމުގެ ވަސީލަތްތައް ބޭނުންނުކުރުމާއި، ކަނޑައެޅިފައިވާ ސަރަޙައްދުން ބޭރުން ވެލި ނެގުމުގެ މައްސަލަތައް ވަނީ ފާހަގަކުރެވިފައެވެ.
މީގެ އިތުރުން، މޫސުން ގޯސްވެ ރީނދޫ ސަމާލު ނެރެފައިވާ ވަގުތުތަކުގައި މަސައްކަތް މެދުކަނޑާނުލައި ކުރިއަށް ގެންދިއުމަކީވެސް ކަންބޮޑުވުމެއް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
އީއާރުއޭ އިން އިތުރަށް ބުނެފައިވަނީ، ކޮންމެ މަޝްރޫޢަކަށްވެސް ފާސްކޮށްފައިވާ އީއައިއޭ ރިޕޯޓުގައި ބަޔާންކޮށްފައިވާ ތިމާވެށި ރައްކާތެރިކުރުމުގެ ފިޔަވަޅުތައް، އެންމެ ފުރިހަމަގޮތުގައި ތަންފީޒުކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.
ފަރުތަކާއި ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދުތަކަށް ގެއްލުން ނުވާނޭހެން، ކަނޑައެޅިފައިވާ ވަކި ރޫޓުތަކަކުން ޑްރެޖަރުތައް ދަތުރުކުރުމަށާއި، މޫސުމީ ރީނދޫ ސަމާލު ނެރެފައިވާ ހާލަތްތަކުގައި ވެލި ނެގުމާއި ބިން ހިއްކުމުގެ އެންމެހައި މަސައްކަތްތައް މެދުކަނޑާލުމަށް އީއާރުއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
މިކަންކަމާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތަކަށް އެ އޮތޯރިޓީން ހާއްސަ އިސްކަމެއް ދީގެން ވަރަށް ގާތުން ބަލަމުންދާނެ ކަމަށާއި، ދޫކޮށްފައިވާ ހުއްދަތަކުގެ އުސޫލުތަކާ ހިލާފަށް އަމަލުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ނިއުދިއްލީގައި އިމާރާތެއްގައި ރޯވެ 9 މީހުން މަރުވެއްޖެ
3 ގަޑިއިރު ކުރިން

މާލެއަށް ރަށްވެހިކަން ބަދަލުކުރިތާ އަހަރު ނުވިޔަސް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެ: ހައުސިންގ މިނިސްޓްރީ
3 ގަޑިއިރު ކުރިން

ޑިމޮކްރަސީއެއް ދެމެހެއްޓުމުގައި ނޫސްވެރިންގެ ދައުރަކީ ނުހަނު މުހިންމު އަސާސެއް: މޭޔަރ އާދަމް ޢާޒިމް
3 ގަޑިއިރު ކުރިން

ބޭންކް ފަންޑް ކާމިޔާބުކުރި "ފޭލި" ޖަމިއްޔާއިން ބ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޑިޖިޓަލް ސްޓޫޑިއޯ އެއް ހުޅުވައިފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)