logo

ޑިމޮކްރަސީއެއް ދެމެހެއްޓުމުގައި ނޫސްވެރިންގެ ދައުރަކީ ނުހަނު މުހިންމު އަސާސެއް: މޭޔަރ އާދަމް ޢާޒިމް

profile

މުޙައްމަދު ފަޟްލޫން - 03 މޭ 2026 - 15:32

ޑިމޮކްރަސީއެއް ދެމެހެއްޓުމުގައި ނޫސްވެރިންގެ ދައުރަކީ ނުހަނު މުހިންމު އަސާސެއް ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި އާޒިމް ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭފަދަ ކަންކަން ހިނގަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ވަކިން ހާއްސަކޮށް، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް އަޅަމުންދާ ފިޔަވަޅުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނޫސް އިދާރާތަކަށް ވަދެ ފާސްކުރުމާއި ނޫސްވެރިންނަށް ކުރިމަތިކުރަމުންދާ ހުރަސްތަކަށް އިޝާރާތް ކުރައްވަމުން ޢާޒިމް ވިދާޅުވީ، "މިއީ މިނިވަން ނޫސްވެރިކަން ދިފާއުކުރުމަށްޓަކައި މަސައްކަތްކުރަންޖެހޭ ނާޒުކު ވަގުތެއް" ކަމަށެވެ. އަދި ބިރުވެރިކަމާއި ނުފޫޒުގެ ސަބަބުން ހަގީގަތް އޮޅުވާނުލެވޭނެކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި، މީޑިއާ އަދި އާންމު ރައްޔިތުން އެކުގައި ގުޅިގެން މަސައްކަތްކުރުމަށް މޭޔަރ ޢާޒިމް ވަނީ ގޮވާލައްވާފައެވެ. އަދި މިއީ ގައުމުގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk