
ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި އަންނަ އާދީއްތަ ދުވަހަށް ހަމަވާނެ: ބީއެމްއެލް

މުޙައްމަދު ފަޟްލޫން - 08 ޖޫން 2026 - 11:13
ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި އަންނަ އާދީއްތަ ދުވަހަށް ހަމަވާނެ ކަމަށް ބީއެމްއެލް އިން ބުނެފިއެވެ،
ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމިއްޔާތަކުން މުޖުތަމަޢަށް ފައިދާކުރަނިވި، ދެމެހެއްޓެނިވި މަޝްރޫޢުތައް ހިންގުމަށް ބޭންކުން ފޯރުކޮށްދޭ މާލީ އެހީތެރިކަމެކެވެ. 2024 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ކުރިއަށްގެންދާ މި ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު މި އަހަރު ހުޅުވާލާފައިވަނީ ފާއިތުވި މަހުގެ 13 ވަނަ ދުވަހުއެވެ.
މި ފަންޑަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.
އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.
މި ފަންޑުގެ ދަށުން ހޮވޭ އެންމެ ރަނގަޅު 5 ޕްރޮޕޯސަލްއަކަށް، ތަޢުލީމީ، ތިމާވެށި، އަދި ކުޅިވަރު ފަދަ އިޖުތިމާޢީ ދާއިރާތަކުން މަޝްރޫޢުތައް ހިންގުމަށް ކޮންމެ ފަރާތަކަށް 200,000 (ދެލައްކަ) ރުފިޔާގެ ހިލޭ އެހީ ބޭންކުން ފޯރުކޮށްދޭނެއެވެ.
ބޭންކް ފަންޑާއި ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން https://www.bankofmaldives.com.mv/bank-fund ލިބޭނެއެވެ.






.gif&w=3840&q=75)