logo

އީދު ބަންދުގައި މަސް ނުގަންނާނެ: މިފްކޯ

profile

މުޙައްމަދު ފަޟްލޫން - 25 މޭ 2026 - 11:15

އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ފެސިލިޓީތަކުން މަސް ގަތުން މެދުކަނޑާލުމަށްފަހު، އަލުން މަސް ގަންނަން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

https://wamco.com.mv/

މިފްކޯއިން ބުނެފައިވަނީ، ޢީދު ބަންދާ ގުޅިގެން މި ހަފުތާގެ އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު އެ ކުންފުނީގެ ފެސިލިޓީތަކާއި ބޯޓުފަހަރަށް މަސް ބަލައިނުގަންނާނެ ކަމަށެވެ.

މީގެ އިތުރުން، މި މުއްދަތުގެ ތެރޭގައި އެ ކުންފުނީގެ ސެންޓަރުތަކުންނާއި އައިސް ޕްލާންޓްތަކުން އައިސް ވިއްކުމުގެ ޚިދުމަތްވެސް މެދުކަނޑާލެވޭނެއެވެ.

މިފްކޯއިން އިތުރަށް ބުނި ގޮތުގައި، ޢީދު ބަންދަށްފަހު އަންނަ ހުކުރު ދުވަހަކީ އާންމުކޮށްވެސް އެ ކުންފުނިން މަސް ނުގަންނަ ދުވަހަކަށް ވުމާއެކު، ސެންޓަރުތަކާއި އައިސް ޕްލާންޓްތައް ހުޅުވައި ޚިދުމަތް ދޭން ފަށާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ. އަދި ބޯޓުފަހަރަށް މަސް ގަންނަން ފަށާނީވެސް ހަމަ އެ ދުވަހުއެވެ.

އާންމު އުސޫލުން ހުކުރު ދުވަސްތަކުގައި މިފްކޯއިން މަސް ނުގަންނައިރު، ޢީދު ފަދަ ބޮޑެތި މުނާސަބަތުތަކާ ދިމާކޮށް މަސް ގަތުމުގެ ޚިދުމަތް މެދުކަނޑާލުމަކީ އެ ކުންފުނިން އަމަލުކުރަމުންދާ ގޮތެކެވެ. މިފަދަ ނިންމުންތައް އެ ކުންފުންޏަށް މަސްވިއްކާ އޮޑިވެރިންނަށާއި ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިއާލާ އަންގަމުންދާކަންވެސް މިފްކޯއިން ފާހަގަކުރެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk