
މީރާ އަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 543 މިލިއަން ރުފިޔާ ހޯދައިފި

މުޙައްމަދު ފަޟްލޫން - 25 މޭ 2026 - 11:03
ހުސްވި މަހުގެ ތެރޭގައި މީރާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 543 މިލިއަން ރުފިޔާ ހޯދާފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
ޓެކްސް އާއި އެހެނިހެން ގޮތްގޮތުން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރުމާ ގުޅިގެން، އެ ފައިސާ ހޯދުމަށް މީރާއިން ދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
މީރާގެ އޭޕްރިލް މަހުގެ މާލީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ފައިސާ ހޯދާފައިވަނީ ނޯޓިސް ފޮނުވުމާއި، ޑިއުސް ކްލިއަރެންސް ދިނުމާއި، ފައިސާ ދެއްކުމަށް އިސްޓޯލްމަންޓް އުސޫލުން އެއްބަސްވުންތައް އެކުލަވައިލުމުގެ އިތުރުން، އެ އިދާރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅި ފިޔަވަޅުތަކުންނެވެ.
މިރާއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެ އިދާރާ އިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި
ނޯޓިސް ފޮނުވައިގެން: 372 މިލިޔަން ރުފިޔާ
ޑިއުސް ކްލިއަރެންސްގެ ގޮތުގައި: 96 މިލިޔަން ރުފިޔާ
އިންސްޓޯލްމަންޓް އެއްބަސްވުންތަކުގެ ދަށުން: 64 މިލިޔަން ރުފިޔާ
ފޯނު ކޯލުތަކުގެ ޒަރީއާއިން: 5 މިލިޔަން ރުފިޔާ
އެކްޝަން ޕޮލިސީގެ ދަށުން: 4 މިލިޔަން ރުފިޔާ
މީރާއިން ހާމަކޮށްފައިވާ ގޮތުގައި، ދައުލަތަށް ލިބެންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމަށް އެ އޮތޯރިޓީން އަޅަމުންދާ ތަންފީޒީ ފިޔަވަޅުތައް ހަރުދަނާކުރުމުގެ ނަތީޖާ އަންނަނީ ފެންނަމުންނެވެ. އެގޮތުން، ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލުގެ ދަށުން، މިދިޔަ މަހުވެސް އިންކަމް ޓެކްސް ބަޔާން ހުށަނާޅާ 48 ފަރާތެއްގެ ނަން އެ އޮތޯރިޓީން ވަނީ އާންމުކޮށްފައެވެ.
މި ލިސްޓުގައި ހިމެނެނީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ޓެކްސް ބަޔާން ހުށަހަޅާފައި ނުވާ ކުންފުނިތަކާއި ވިޔަފާރިކުރާ އެކި ފަރާތްތަކެވެ.
މީރާއިން މަސައްކަތް ކުރަމުންދަނީ ގަވާއިދުން ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް، ދައުލަތަށް ލިބެންޖެހޭ އާމްދަނީ ފުރިހަމައަށް ހޯދުމަށެވެ.
ގުޅުން ހުރި ޙަބަރުތައް

އީދު ބަންދުގައި މަސް ނުގަންނާނެ: މިފްކޯ
11 މިނިޓު ކުރިން

މިއަހަރުގެ އަޟްހާ އީދުގައި އެމްއޭސީއެލް އިން ކުލަގަދަ ހަރަކާތްތަކެއް ހުށަހަޅައިދެނީ
22 މިނިޓު ކުރިން

ދަރަވަންދޫ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލް ތަރައްގީ ކުރާނެ ބަޔަކު ހޯދަނީ
22 މިނިޓު ކުރިން

ފުޓުބޯޅައިގެ ތެރެއިން، ރިވެތި އަޚުލާގާއި، ޓީމްވޯކާއި، ގަވާއިދާއި އުސޫލުތަކުގެ މުހިއްމުކަން ދަސްކޮށްދޭ: ސާޖިދާ
ގަޑިއިރެއް ކުރިން


.gif&w=3840&q=75)