logo

މިއަހަރުގެ އަޟްހާ އީދުގައި އެމްއޭސީއެލް އިން ކުލަގަދަ ހަރަކާތްތަކެއް ހުށަހަޅައިދެނީ

profile

މުޙައްމަދު ފަޟްލޫން - 25 މޭ 2026 - 11:04

އަޟްޙާ ޢީދާ ގުޅުވައިގެން މުޖުތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށް ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް، ދިވެހި ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ "ޢީދު ހަވީރު 1447"ގައި އެމްއޭސީއެލް އިން ބައިވެރިވާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

https://wamco.com.mv/

މި މެއި މަހުގެ 27 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 4.00 އިން ފެށިގެން 6.00 އާ ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޢީދު ހަވީރު 1447" ފެސްޓިވަލުގައި މި ކުންފުނީގެ ސްޓޯލްތަކާއި ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ދިވެހިވަންތަ އަދި ސަޤާފީ ފަރުމާތަކާއި އާދަތައް ހިމެނޭގޮތުން އިންތިޒާމުކުރެވޭ މި ހަރާކާތުގައި ކޯޑީއާއި ބޮޑުބެރާއެކު މާލީގެ އެކިއެކި ހަރަކާތްތައްވެސް ކުރިއަށް ދާނެއެވެ.

މީގެ އިތުރުން ކުޑަކުދިންގެ މެދުގައި މަޤުބޫލު ކާޓޫން ކެރެކްޓާސްގެ މެސްކޮޓްތައް ވެސް އެމްއޭސީއެލްގެ ސްޓޯލްގައި އެކި ދުވަސްތަށް މަތިން ހަރަކާތްތެރި ވަމުންދާނެއެވެ.

އެމްއޭސީއެލްގެ ސްޓޯލްގެ މެދުގައި ކުޑަކުދިންނަށް އެރޭނެ ގޮތަށް ފަނުން ޒީނަތްތެރިކޮށްފައިވާ ޓްރީހައުސް (ގަސްމަތީ ގެ)އަކާއި ރެކިން ބޯލް، ވައިޕް އައުޓް އިންފްލެޓަބަލް، ބަބުލް ހައުސް ފަދަ ޢައިލީ ކުޅިވަރަށް ފަރުމާކުރެވިފައިވާ ކުޅިވަރުތައް ވެސް ކުޅެވެން ހުންނާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ހަރަކާތެއްގެ ގޮތުގައި ހީނާ އާޓް އަދި ފޭސް ޕެއިންޓިންގ ކޯނަރތައްވެސް މި ސްޓޯލްގައި ޤާއިމްކުރެވިފައި ހުންނާނެކަމަށްވެސް ވަނީ ބުނެފައެވެ.

އެމްއޭސީއެލްގެ ސްޓޯލްއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްސަ ކުރެވިގެން، ހުޅުމާލޭ ސެންޓްރަލް ޕާރކުގެ އިރުމަތީ އެންޓްރެންސްގައި ބެހެއްޓިފައި ހުންނާނެއެވެ.

މިއަހަރުގެ ޢީދު ޚާއްސަކުރުމުގެ ގޮތުން މަޝްހޫރު ފުޓުބޯޅަކުރުންތެރިޔާ ޢަލީ އަޝްފާޤުގެ ހުނަރުތައްވެސް އެމްއޭސީއެލްގެ ސްޓޯލްގައި ދައްކާލުމަށް ހަމަޖެހިފައިވެއެވެ.

އަޟްޙާ ޢީދުގެ އުފާވެރި އަދި ޢާއިލީ މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ދަޢުވަތު އެމްއޭސީއެލްގެ ފަރާތުން ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުންނަށް ވަނީ އަރުވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk